ވަޒީރުންގެ މަޖިލިސް ހުވާކުރެއްވުމުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް
މަރްޔަމް މުޙައްމަދު 20 އޭޕްރީލް 2026 (ހޯމަ)   11:04
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލާއެކު، އައްޔަނުކުރެއްވި 14 ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓިއަށް މިއަދު ފޮނުވައިފި އެވެ.

މިކަން އިއުލާން ކުރެއްވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބްރައީސް އަހުމަދު ނާޒިމް އެވެ.

އެޕްރީލް ހަތަރެއްގައި ބޭއްވި އިންތިހާބުތަކުން ސަރުކާރު ބަލިވުމުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ކެބިނެޓު އަލުން އެކުލަވާލިއިރު ވަޒީރުންގެ އަދަދު 20 އިން 15 އަށް ވަނީ މަދުވެފަ އެވެ. އެގޮތަށް ދިމާވެފައިވަނީ ބައެއް މިނިސްޓްރީތަކުގެ މަސައްކަތް އެހެން މިނިސްޓްރީތަކުގެ މަސައްކަތާ އެއްކޮށްލައި ބައެއް މިނިސްޓްރީތައް އުވާލުމުންނެވެ.

އަލަށް އެކުލަވައިލެއްވި ވަޒީރުންގެ މަޖިލިސް:

  1. މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް މޫސާ ޒަމީރު
  2. މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހުސާން
  3. މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމް
  4. މިނިސްޓާ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އިސްމާއިލް ޝަފީއު
  5. މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ
  6. މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު
  7. މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް މުޙައްމަދު ޝަހީމް އަލީ ސައީދު
  8. މިނިސްޓާ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން
  9. މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަބްދުﷲ ރާފިއު
  10. މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
  11. މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް އަބްދުﷲ މުއްތަލިބް
  12. މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަޖީ އަލީ ޝަރީފް 
  13. މިނިސްޓާ އޮފް ޑިފެންސް އެންޑް ނެޝަނަލް ސާވިސް ހަސަން ރަޝީދު
  14. މިނިސްޓާ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް

.

މަތީގައި އެވާ ވަޒީރުންގެ އިތުރުން ކެބިނެޓްގައި ދެން ހިމެނިވަޑައިގަންނަވަނީ، ބަންޑާރަ ނައިބު އަހުމަދު އުޝާމް އެވެ. ބަންޑާރަ ނައިބުގެ މެންޑޭޓު ބަދަލުނުވާތީ އަލުން އޭނާއަށް ރުހުން ހޯދަން ނުޖެހެ އެވެ.

ކޮމެންޓް