އެންއެންޔޫ ގެ ދަނާލު - ފޮޓޯ: އެމްއެންޔޫ
އެމްއެންޔޫ ދަނާލުގައި އަންހެން ކުއްޖަކު މަރުވެފައިއޮއްވާ ފެނިއްޖެ
މަރްޔަމް މުޙައްމަދު 21 އޭޕްރީލް 2026 (އަންގާރަ)   09:50
އެމްއެންޔޫ (ގައުމީ ޔުނިވާސިޓީ) ގެ ދަނާލުގައި ދިރިއުޅެމުންދާ އަންހެން ކުއްޖަކު ރޭ ދަންވަރު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑިއާގައި ފުލުހުން ބުނެފައިވަނީ، މަރުވެފައިވަނީ 18 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

މިކަމާގުޅޭ އެއްވެސް ތަފްސީލެއް އިތުރަކަށް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ އިދާރާއިން ތަހުގީގުކުރަމުން އަންނަކަމަށެވެ.

އެމްއެންޔޫ އިން ވެސް ވަނީ، އެތަނުގައި ކިޔަވާ 18 އަހަރުގެ ދަރިވަރަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުން މިހާރު ބަލަމުންއަންނަކަމަށް ބުނެފައެވެ.

ނަމަވެސް އެ ކުއްޖާ މަރުވި ސަބަބެއް ވެސް އަދި ކުއްޖާއާބެހޭ އިތުރު ތަފްސީލެއް ވެސް އެމްއެންޔޫ އިން ނުބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެކުއްޖާ މަރުވެފައި އޮތީ އޭނާ ދިރިއުޅޭ ކޮޓަރިތެރޭގަ އެވެ.

ކޮމެންޓް