ވަޒީފާއާބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މި ބިލުގެ ބަހުސްގެ މަރުހަލާ މިއަދު އޮތް މަޖިލިސް ޖަލްސާގައި ކުރިއަށްދިޔައިރު، މައުރޫފް ވިދާޅުވީ 2022 ވަނަ އަހަރު ސާވިސްޗާޖް ދިނުމަށް ލާޒިމްކޮށް ގާނޫނަށް ގެނެވުނު ބަދަލާއެކު، އެ ގޮތަށް ސާވިސްޗާޖު ނެގިނަމަވެސް، އެ ފައިސާގެ ބާވަތުން ބެހުމުގެ ބަދަލުގައި، އެ ފައިސާ މާރުކޮށްގެން ބައެއް ތަންތަނުން ދިވެހި ފައިސާ ދިވެހިންނަށް ދެމުންދާ ކަމަށެވެ.
މި ބަދަލު މިގޮތަށް ގެނައީ ޑޮލަރު މާރުކުރުމަށް ސަރުކާރުން ހެދި ގަވާއިދާ ގުޅިގެން ކަމަށް ވަޒީފާ ދޭފަރާތްތަކުން ބުނި ނަމަވެސް އެގޮތަށް އެކަން ކުރަން ނެތްކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.
"އެހެންނަމަވެސް ވަޒީފާ ދޭފަރާތްތަކުން އެ މާރުކޮށްފައި ސާވިސްޗާޖް އަދި މުސާރަވެސް ދިނުމުގެ ސަބަބުން މިދެންނެވި އާމްދަނީއަށް އޭގެން އަސަރުކުރަމުން މިދަނީ." މައުރޫފް ވިދާޅުވިއެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ، މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް އިސްލާހު ހުށަހެޅުއްވީ، 52 ވަނަ މާއްދާ (ށ)ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށެވެ.
ފުރަތަމަ އިސްލާހުގައި ބުނަނީ:
ބިލުގައި ދެން އޮތް އިސްލާހަކީ:
މި ބިލަށް ބަހުސް ކުރެއްވުމުގައި ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ މެންބަރުން، ބިލާ ދެކޮޅަށް ވާހަކަ ދެއްކެވިއެވެ.
އަދި ރިސޯޓް އޯނަރު އަހުމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭ އަށް ނިސްބަތްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސްވެސް ވަނީ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ބޭފުޅުންނަށް ރައްދު ދެއްވައި މައުރޫފް ވިދާޅުވީ ސާވިސްޗާޖަކީ ޓޫރިސްޓުންނަށް ހިދުމަތްދޭ މުވައްޒަފުންނަށް ދިނުމަށްޓަކާ ނަގާ އެއްޗެއް ކަމަށާ، އެއީކީ ރިސޯޓް އޯނަރާ ސަރުކާރާ ވިޔަފާރި ހިންގާ ފަރާތާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބިލު ބަލައިގަތުމަށް ފާސްވީ، ޕީއެންސީގެ ވެސް ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓާއެކު، ޖުމްލަ 67 މެންބަރުންގެ ވޯޓުންނެވެ. ބިލާދެކޮޅަށް އެއްވެސް މެންބަރަކު ވޯޓް ނުދެއްވިނަމަވެސް ވޯޓްގައި ބައިވެރިވެވަޑައި ނުގަންނަވާ މެންބަރުންތަކެއް ޖަލްސާގައި ތިއްބެވިއެވެ.
މި ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.




