ޔުނިވާސަލް ފައުންޑޭޝަނާއި ރެޑް ކްރެސެންޓާ ދެމެދު އޮތް މުއާހަދާ އާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔުނިވާސަލް ފައުންޑޭޝަން
ޔުނިވާސަލް ފައުންޑޭޝަނާއި ރެޑް ކްރެސެންޓާ ދެމެދު އޮތް މުއާހަދާ އާކޮށްފި
ޖުނާން އަޙުމަދު 27 އޭޕްރީލް 2026 (ހޯމަ)   18:55
އިންސާނީ ހައްގުތަށް އަދި ތައުލީމާއި، ސިއްހަތާއި، މުޖުތަމައު ބިނާކުރުމާ ގުޅޭ އަސާސީ ގިނަ ރޮނގުތަކަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި، ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ، "ޔުނިވާސަލް ފައުންޑޭޝަން" އާއި، ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ހިލޭސާބަހަށް މަސައްކަތްކުރާ އެންމެ ބޮޑު، މިނިވަން، ޖަމިއްޔާ ކަމުގައިވާ އެމްއާރުސީ (މޯލްޑިވިއަން ރެޑް ކްރެސެންޓް) އާއެކު ހަދާފައިވާ މުހިންމު މުއާހަދާ އާކޮށްފިއެވެ.

ޔުނިވާސަލް ފައުންޑޭޝަނުން 26 އޭޕްރީލް 2026ގައި، އާކުރި މި މުއާހަދާއަކީ، މުޖުތަމައުގެ ސިއްހީ ހިދުމަތަށް ބޭނުންވާ އެހީތެރި ކަމާއި، މުޖުތަމައު ބިނާކުރުމުގެ އެންމެހާ ކަންކަމަށް އެއްބާރުލުންދިނުން ހިމެނޭހެން، މުޅި ރާއްޖޭގައި އިންސާނީ އެހީތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެކުލަވާލާފައިވާ މުއާހަދާއެކެވެ.your imageޔުނިވާސަލް ފައުންޑޭޝަނާއި ރެޑް ކްރެސެންޓާ ދެމެދު އޮތް މުއާހަދާ އާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޔުނިވާސަލް ފައުންޑޭޝަންމުއާހަދާ އާކުރުމަށްފަހު ޔުނިވާސަލް ފައުންޑޭޝަނުން ބުނެފައިވަނީ، ރެޑް ކްރެސެންޓްގެ ޕާޓްނަރސް ފޯ ހިއުމަނިޓީ އިނިޝިއޭޓިވްގެ ގޯލްޑް ޓިއާގެ ޒަމާންވީ ސްޕޮންސަރެއްގެ ގޮތުގައި އަދިވެސް ޔުނިވާސަލް ފައުންޑޭޝަން ދެމިއޮންނާނެ ކަމަށާ، މިކަމަށް އެ ފައުންޑޭޝަނުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށެވެ.

މިކަމަކީ މުޅި ގައުމުގައި އިންސާނީ އެހީތެރިކަމުގެ މުހިންމު ހަރަކާތްތައް ކުރިއަށް ގެންދިއުމާއި ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާ، މީގެ ކުރިން ވެސް، އަސާސީ ނުވަތަ ޒަރޫރީ ބައެއް ހިދުމަތްތައް ނުލިބޭ ރަށްރަށަށް، ޒަރޫރީ ހިދުމަތްތައް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތަކުގައި ވެސް މި ޕާޓްނަޝިޕްގެ ދަށުން އެހީތެރިކަން ޔުނިވާސަލް ފައުންޑޭޝަނުން ފޯރުކޮށްދީފައި ވާނެކަމަށް ވެސް އެ ފައުންޑޭޝަނުން ބުނެއެވެ.

އޭގެ ތެރޭގައި ކާޑިއޮލޮޖީ، ޕީޑިއަޓްރިކްސް، މެންޓަލް ހެލްތު އަދި އެހެނިހެން ދާއިރާތަކުން ހާއްސަ މަޝްވަރާތައް ދިނުމަށް ފުވައްމުލަކާއި ކޮޅުފުށީގައި 2016 ވަނަ އަހަރު ހިންގި ހެލްތު ކޭމްޕެއްގައި ވެސް އެތައް ސަތޭކަ ބަލިމީހުންނަށް ހިދުމަތް ދިނުމުގެ އިތުރުން ހޭލުންތެރިކުރުމަށާއި އައުޓްރީޗްގެ މަސައްކަތްތަކަށް ވެސް ޔުނިވާސަލް ފައުންޑޭޝަނުން އެހީތެރިވެދީފައިވެއެވެ.

އަދި އޭގެ ފަހުން ވެސް، ސިންގަޕޫރު ރެޑްކްރޮސްގެ އެހީތެރިކަމާއެކު ރާއްޖޭގައި ތައާރަފްކުރި، ޕޭޝަންޓް ޓްރާންސްޕޯޓް ސާވިސްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް، ފުރަތަމަ ފަށާފައި ވަނީ ޔުނިވާސަލް ފައުންޑޭޝަން ހިމެނޭހެން ހެދިފައިވާ ޕާޓްނަޝިޕެއްގެ ދަށުން ކަން ވެސް ފާހަގަކޮށްލެވެއެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސްގެ މެމްބަރެއް ކަމަށްވާ މޯލްޑިވިއަން ރެޑް ކްރެސެންޓަކީ، ރާއްޖޭގައި ހިންގާ ތަމްރީނު ޕްރޮގްރާމްތަކާއި އެހީގެ ކެމްޕޭންތަކާއި އާންމު ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި  17 އަހަރަށް ވުރެ ގިނަ ދުވަހު ހަރަކާތްތެރިވަމުން އަންނަ މަދަނީ ޖަމާއަތެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ޔުނިވާސަލް ފައުންޑޭޝަންގެ ބެލެނިވެރި ކުންފުނި ކަމުގައިވާ ޔުނިވާސަލް ކުންފުނިން، އަބަދު ވެސް ދިވެހިންނަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދީ، މުޖުތަމައު ބިނާކުރުމުގައި ގިނަ ރޮގުރޮނގުން ހަރަކާތްތެރިވެ، އަދި ރާއްޖޭގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާއިން ވެސް އެ ކުންފުނީގެ ރިސޯޓުތަކުގައި ޒުވާނުންނަށް ތަމްރީނު ދެމުން އަންނަ އިރު، އެ ރިސޯޓުތަކަކީ ރާއްޖޭގައި ފަތުރުވެރިކަމުގެ އެންމެ މަތީ ފެންވަރުގެ ތަމްރީނު ލިބޭނެ ތަންތަންކަން ވެސް ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެ ރިސޯޓުތަކުގެ ކޮންމެ ޑިޕާޓުމެންޓެއްގައިވެސް ސެޓިފައިޑް ޓްރެއިނަރުން ވެސް ތިބޭކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް