ފީފާގެ ރައީސް އިންފަންޓީނޯ އިސްރާއީލުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބާސިމް (ކ) ޖިބްރިލް ރަޖޫބް (ވ) – ފޮޓޯ: ފޮކްސް ނިއުސް
އިޒްރޭލް ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ފީފާއަށް ގޮވާލައިފި
ޖުނާން އަޙުމަދު 2 މޭ 2026 (ހޮނިހިރު)   11:58
ފީފާ (ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ) އިން އިޒްރޭލް ސަސްޕެންޑް ކުރުމަށް ފަލަސްތީނުން ގޮވާލައިފިއެވެ.

ވެސްޓް ބޭންކްގެ ކްލަބްތަކަށް އިޒްރޭލުގެ ފުޓްބޯޅަ ލީގުގައި ކުޅުވުމަށް ކުރަމުންދާ މަސައްކަތަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެ، ފީފާ އިން އިޒްރޭލް ސަސްޕެންޑް ކުރުމަށް އެދޭކަމަށް ވިދާޅުވެ އެކަން ހާމަކުރައްވާފައިވަނީ، ފަލަސްތީނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖިބްރީލް ރަޖޫބް އެވެ.

އޭނާ މިހެން ވިދާޅުވީ، ކެނެޑާގެ ވެންކޫވާގައި ކުރިއަށްދިޔަ ފީފާގެ ކޮންގްރެސްގައި ވާހަކަ ދައްކަމުންނެވެ.

"ސަރަހައްދުގެ ކްލަބްތަކަށް އިޒްރޭލުގެ ފުޓްބޯޅަ ލީގުގައި ކުޅުވުމަށް ކުރަމުންދާ މަސައްކަތް ފީފާއިން ހުއްޓުވާ އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން ސަސްޕެންޑް ކުރަން ޖެހޭ." - ރަޖޫބް

ރަޖޫބް މިހެން ވިދާޅުވާއިރު، ފީފާ އިން ވަނީ މިކަމާއި ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް އެޅުމަށް ދެކޮޅު ހަދާފައެވެ. އެހެން ނަމަވެސް މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ފަލަސްތީނުން ވަނީ ހުށައަޅާފަ އެވެ.

އަދި ރަޖޫބް ވިދާޅުވެފައި ވަނީ އޭނާ އިޒްރޭލުގެ މީހަކާއި ސަލާން ނުކުރައްވާނެކަމަށާ އެކަމާ އޭނާ ސީދާ އިންކާރުކުރައްވާ ކަމަށެވެ.

ކޮމެންޓް