
ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވީ އެކަމަށްޓަކައި ލަންކާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް 21 ބަޑީގެ ސަލާމެއް އަރުވައިފައެވެ. އަދި އެމަނިކުފާނަށް ރަސްމީ ކުރުނީހެއް އަރުވާފައިވެއެވެ. އެއަށް ފަހުގައި، ރާއްޖެ އާއި ލަންކާގެ ގައުމީ ސަލާމް ކުޅެފައިވެއެވެ. އޭގެ ފަހުގައި، ލަންކާ އިސް ބޭފުޅުން އަދި ރާއްޖޭގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ތައާރަފް ކުރުން އޮތެވެ.
ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ފަހުގައި ދެން އޮތީ ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތަކެވެ.
ސްރީލަންކާ ރައީސްގެ ދައުވަތަކަށް ރައީސް މުއިއްޒުގެ ދެ ކަނބަލުން އިއްޔެ ލަންކާ އަށް ފެއްޓެވި ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެ ދަތުރުފުޅުގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި މި ދަތުރުފުޅުގައި ދެ ރައީސުންގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރުމަށް ހަމަޖެހިފައި ވެއެވެ.
ލަންކާ ނޫސްތަކުން ބުނެފައިވާ ގޮތުގައި ރައީސް މުއިއްޒުގެ ދަތުރުގެ ތެރެއިން ދެގައުމުގެ ދެމެދުގައި އެކި ދައިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ސްރީލަންކާގެ ވަޒީރުންގެ މަޖިލީހުން ވަނީ ރުހުން ދީފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ލަންކާ އިން ރަސްމީކޮށް މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިއީ ރައީސް ކަމާ ހަވާލުވެވަޑައިގަތް ފަހުން ރައީސް މުއިއްޒު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ލަންކާގެ ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމެންޓް އެންޑް ޓުއަރިޒަމް މިނިސްޓަރު ވިޖިތަ ހޭރަތު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ.
އީސް އޮފީހުން ބުނީ އެ ދެބޭފުޅުން ވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމަށެވެ. ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުން އެރުއްވިއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މި ދަތުރުފުޅުގައި ތައުލީމާއި ފަންނީ ތަމްރީނާއި އިގްތިސާދީ އެއްބާރުލުމާއި ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ ގޮތުން އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެއެވެ.




