
އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ބޮޑު ބަދަލު"ގެ ނަމުގައި ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުންނެވެ.
އެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އަނބުރާ ވެރިކަމަށް އައުމާއެކު ދުނިޔެއަށް އެހީތެރިވެ ދިނުމަކީ ވެސް އެމްޑީޕީން ކުރަން ރަނގަޅު ކަމެއް ކަމަށާ، އެހެންކަމުން ހުދުމުހުތާރު ވެރިކަމެއް ނައްތާލަން ކުރަންޖެހޭ ކަމަކީ އެތަނަކަށް ބޮން އެޅުން ކަމަށް ބައެއް ފަހަރަށް ގައުމުތަކަށް ހީވި ނަމަވެސް ބޮން ނާޅައި އެކަން ރާއްޖެއިން ކޮށްފައިވާ ކަމަށެވެ.
އަދި އެކަން ރާއްޖެއިން ކުރީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ކަމަށްވާއިރު، ސުލްހަވެރި ގޮތުގައި ވެރިކަންތައް ބަދަލުކުރުމުގެ ތަޖުރިބާއެއް އެމްޑީޕީއަށް ލިބިފައި އެބައޮތް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ އެކަމުގައި މިސާލެއް ކަމަށާ، އެކަން ވަރަށް ފުރިހަމައަށް އެ ޕާޓީން ކޮށްފައިވާކަމަށެވެ.
ބޮމެއް އަޅަން އެއް މިލިއަން ޑޮލަރު ހަރަދުވާއިރު ސިޔާސީ ޕާޓީއެއް ހަދަން ލައްކަ ޑޮލަރު ވެސް ނުދާނެ ކަމަށާއި މި މަސައްކަތް މުޅި ދުނިޔޭގައި ވެސް ކުރެވެން އެބައޮތް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ، 2028 ވަނަ އަހަރުވެސް އެމްޑީޕީން ވެރިކަން ހޯދާ އިރާދަކުރެއްވިއްޔާ ހަމަ އެއާއެކީގައި މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް އެމްޑީޕީ ހައްދަވާނެ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ ޖޫން މަހު 12 ވަނަ ދުވަހުއެވެ. އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް އިއުލާންކުރައްވާ އާދީއްތަދުވަހު ވަނީ، އެ ޕާޓީގެ ޗެއާޕާސަންކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރާ އެކު އިއުލާނުކޮށްފައެވެ. އެއީ،
މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.




