ފުލުހުން މީހަކު ހައްޔަރުކުރަނީ.- ފޮޓޯ: ޕޮލިސް
ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
8 މޭ 2026 (ހުކުރު)   06:08
ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ކުއްޖަކާ ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ރޭގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ފަރާތުން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ ނޯތު ސެންޓްރަލް ސަރަހައްދުގައި ހިމެނޭ ރަށަކުން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ މަހުގެ 27 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ. 

ފުލުހުން، ބުރާސްފަތި ދުވަހުގެ ރޭ ބުނިގޮތުގައި މި މައްސަލައިގެ ތުހުމަތު ގައި 32 އަހަރުގެ ދިވެހި ފިރިހެނަކު މި މަހުގެ 7 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް