
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސާޓާ އެވޯޑްސް އަށް މިހާރު 10 އަހަރު ފުރިފައިވާއިރު، މިއީ މި ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ ދިވެހިރާއްޖެ، އިންޑިއާ، ސްްރީލަންކާ، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްގެ ރިސޯޓްތަކާއި، ހޮޓާތަކާއި، ސަފާރީތަކާއި، އެއާލައިންތަކުގެ އިތުރުން މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ހަރަކާތެކެވެ.
އާ ކެޓަގަރީތަކެއް ތައާރަފުކުރުން
މި އަހަރުގެ އެވޯޑަށް އަލަށް ދެ ކެޓަގަރީއެއް ވަނީ އިތުރުކޮށްފައެވެ. އެއީ:
• އައުޓްސްޓޭންޑިންގ ޗެފް (Outstanding Chef)
• އައުޓްސްޓޭންޑިންގ ޔަންގް ހޮޓެލިއާ (40 އަހަރުން ދަށުގެ ހޮޓެލިއަރުންނަށް ހާއްސަ)
މި ބަދަލާއެކު، މި ދާއިރާގައި މަސައްކަތްކުރާ ހުނަރުވެރި ޒުވާނުންނާއި މާހިރުންގެ މަސައްކަތްތައް ފާހަގަކުރުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ސާޓާ އެވޯޑްސް 2025 ގެ ތެރެއިން.--
ސަރަހައްދީ އެއްބާރުލުން
ސާޓާ އެވޯޑަކީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކެއްގެ ފަތުރުވެރިކަމާ ބެހޭ އިދާރާތަކުގެ ތާއީދާއި އެންޑޯސްމަންޓް ލިބިފައިވާ ހަރަކާތެކެވެ. މީގެ ތެރޭގައި ވިޒިޓް މޯލްޑިވްސް، މަޓާޓޯ (MATATO)، ސްރީލަންކާ ޓޫރިޒަމް ޑިވެލޮޕްމަންޓް އޮތޯރިޓީ (SLTDA)، ނޭޕާލް ޓޫރިޒަމް ބޯޑް (NTB) އަދި ބަންގްލަދޭޝް އާއި ބޫޓާންގެ ފަތުރުވެރިކަމާ ގުޅޭ މުހިންމު ޖަމިއްޔާތައް ހިމެނެއެވެ.
ވޯޓުލުމުގެ މުއްދަތު
މި އަހަރުގެ އެވޯޑަށް މި ސަރަހައްދުގެ އެކި ގައުމުތަކުން ގާތްގަނޑަކަށް އެއްހާހާ ގާތްކުރާ އަދަދަކަށް ނޮމިނޭޝަން ލިބިފައިވެއެވެ. އާންމުންނަށް ވޯޓުލުމުގެ ފުރުސަތު 10 ޖުލައި 2026 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ވޯޓުލުމަށް ބޭނުންކުރާނީ ތިރީގައިވާ ޕޯޓަލްއެވެ:
https://www.southasiantravelawards.com/vote
ސާޓާ 2026 ގެ ގާލާ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު މަހު ދިވެހިރާއްޖޭގަ އެވެ. މި ރަސްމިއްޔާތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއި، ތަޖުރިބާކާރުން ބައިވެރިވާނެ އެވެ.
މިއީ ހަމައެކަނި އެވޯޑް ދިނުމުގެ އިތުރުން، މި ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، ދާއިރާގެ ބޭފުޅުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ޕްލެޓްފޯމެކެވެ.




