
ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެމެރިކާ އިން އެންމެ ފަހުން ހުށަހަޅާފައިވާ ސުލްހައިގެ ހުށަހެޅުމާ ގުޅޭ ގޮތުން އީރާން އިން، މިރޭގެ ވަގުތެއްގައި ޖަވާބު ދޭނެ ކަމަށް މީގެ ކުރިން އައީ ބެލެވެމުންނެވެ.
މިކަމާގުޅޭގޮތުން ޓްރަމްޕް އެންމެފަހުން ވިދާޅުވެފައިވަނީ، އެމެރިކާއިން އިރާނަށް ހުށަހަޅާފައިވާ ސުލްހައިގެ ކަންކަމަށް އީރާން އިން ދޭނެ ޖަވާބެއް މިހާރު ބަލަމުން އަންނައިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް އިން ވަނީ، އީރާންގެ ރަސްމީ ޖަވާބު ލިބޭނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ބުނެފައި ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އީރާންގެ ސަރުކާރުން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ، އެ ސުލްހައިގެ ހުށަހެޅުމަކީ ދެ ގައުމުގެ ދެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި އީރާން އިން ދޭ ޖަވާބަކަށް ބިނާކޮށް، ކުރިއަށް އޮތް ތަނުގައި އަޅާނެ ފިޔަވަޅު ތަކެއް ނިންމާއިރު މިއީ މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ހުއްޓިފައިވާ ކަމެއް ކަމަށެވެ.
އަދި އީރާން އިން ދޭ އެ ޖަވާބަކީ މުޅި އެ ސަރަހައްދުގެ މަސްރަހަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމެއްކަމަށް ވެސް ދިރާސާވެރިން ބުނެއެވެ.




