
ޝަމްހީދު މިކަން ހާމަކުރެއްވީ ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުތަކެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން، ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަނީ 50 އިންސައްތައަށް ވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
އެމްއެމްއޭގެ އެންމެ ފަހުގެ މާލީ ބަޔާނާ ހަވާލާދީ ޝަމްހީދު ފާހަގަކުރައްވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި؛
މިކަންކަން ފާހަގަ ކުރައްވާ ޝަމްހީދު ވިދާޅުވެފައިވަނީ މިއީ ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއްކަމަށެވެ. ޝަމްހީދު އުފެއްދެވި ސުވާލުތަކަކީ؛
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ މެންބަރު ޝަމްހީދު މިފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާފައި ވާއިރު، ސަރުކާރުގެ މާލީ އިދާރާތަކުން ބުނަމުންދަނީ ރިޒާވަށް ބާރުބޮޑުވީ މީގެ ކުރިން ނަގާފައިވާ ބޮޑެތި ދަރަނިތައް ދައްކަން ޖެހުމުން ކަމަށެވެ.
މިގޮތުން، 2021 ވަނަ އަހަރު ދޫކުރު ސުކޫކަށް ދައްކަންޖެހޭ 524.68 މިލިޔަން ޑޮލަރު (8 ބިލިޔަން ރުފިޔާ)، ފާއިތުވި އެޕްރީލް މަހުގެ 2 ވަނަ ދުވަހު ވަނީ ދައްކާފައެވެ. މި ދަރަނި ސަރުކާރުން އަދާކުރީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ.




