ޝަމްހޫޒާ އަޙްމަދު.-
އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމުން ޝަމްހޫޒާ ވަކިކޮށްފި
ފިޔެސް 17 މޭ 2026 (އާދީއްތަ)   15:43
މާލެ ވޯޓަ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަން ޝަމްހޫޒާ އަޙްމަދު މަގާމުން ވަކިކޮށްފިއެވެ.

ޝަމްހޫޒާ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ހާމަކުރި ނަމަވެސް ސަބަބެއް ހާމައެއް ނުކުރެ އެވެ.

ޝަމްހޫޒާ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ 26 ޑިސެމްބަރު 2023ގަ އެވެ.     

އެމްޑަބްލިޔުއެސްސީގެ ޗެއާމަން ވަކިކުރި އިރު، މިދިޔަ މަހުގެ 12 ގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 14 ގައި އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ޙުސެއިން ފަޙުމީ ވަނީ އައްޔަންކޮށްފަ އެވެ.

އެމްޑަބްލިޔުއެސްސީގެ ޗެއާމަން މަގާމުން ވަކިކޮށްފައިވާ އިރު ސަރުކާރު ކުންފުނިތަކުގެ ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން ވަރަށް ގިނަ ބަދަލުތައް ގެންނަކަން ފާހަގަ ކުރެވެއެވެ. 

ކޮމެންޓް