މަހިބަދޫ ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުން ހުވާކުރަނީ.--
ތަކުރާރުކޮށް ވޯޓަށް އަހައިގެންވެސް މަހިބަދޫ ކައުންސިލަށް ނައިބު ރައީސަކު ނުހޮވުނު
މަރްޔަމް މުޙައްމަދު 18 މޭ 2026 (ހޯމަ)   11:29
އދ. މަހިބަދޫ ކައުންސިލުގެ ނައިބު ރައީސަކު ހޮވަން ކައުންސިލްގެ މެންބަރުންގެ މެދުގައި ތަކުރާރުކޮށް ވޯޓަށް އަހައިގެން ވެސް ވޯޓު އެއްވަރުވެ ކައުންސިލްގެ މަސައްކަތް ފެށޭ ގޮތް ނުވެ ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އާ ދައުރަށް މަހިބަދޫ ކައުންސިލަށް ހޮވުނު ފަސް ބޭފުޅުން ވެސް އިއްޔެ ވަނީ މަގާމުގެ ހުވާކޮށްފަ އެވެ. ގާނޫނު އޮންނަ ގޮތުން ނަމަ، މެންބަރުން އިންތިހާބުވުމަށް ފަހު ބާއްވާ ފުރަތަމަ ޖަލްސާގައި ކައުންސިލަށް ނައިބު ރައީސަކު ހޮވަން ޖެހެއެވެ. ކައުންސިލްގެ މަސައްކަތް ފެށޭނީ އޭގެ ފަހުންނެވެ.

މަހިބަދޫ ކައުންސިލްގައި ހިމެނެނީ:

  1. މޫސާ މުހައްމަދު (ކައުންސިލް ރައީސް) – އެމްޑީޕީ
  2. މުނީފާ އާދަމް – ޕީއެންސީ
  3. ޒައީމާ މުހައްމަދު – އެމްޑީޕީ
  4. މުހައްމަދު މައުމޫން – ޕީއެންސީ
  5. ބުންޔާމީން ހަސަން – އަމިއްލަ


މަހިބަދޫ ކައުންސިލުގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ. އެއީ އެމްޑީޕީގެ މެންބަރު ޒައީމާ މުހައްމަދާއި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫން އަދި އަމިއްލަ މެންބަރު ބުންޔާމީން ހަސަން އެވެ.

އެންމެ ފުރަތަމަ ބުރުގެ ނަތީޖާ:

  • އެމްޑީޕީ: ޒައީމާ މުހައްމަދު 2 ވޯޓް
  • ޕީއެންސީ: މުހައްމަދު މައުމޫން 2 ވޯޓް
  • އަމިއްލަ: ބުންޔާމީން ހަސަން 1 ވޯޓް


ދެ މެންބަރުންގެ ނަތީޖާ އެއްވަރުވުމާ އެކު އިތުރަށް ފަސް ފަހަރު ވަނީ ވޯޓު ނަގައިފަ އެވެ. އެކަމަކު ބާތިލު 1 ވޯޓު ކޮންމެ ފަހަރަކު ވެސް އޮންނާތީ ނަތީޖާ ކޮންމެ ފަހަރަކު ވެސް އެއްވަރުވަނީ އެވެ. ކޮންމެ ފަހަރަކު ވެސް ނަތީޖާއަކަށް ވަނީ؛

  • އެމްޑީޕީ: ޒައީމާ މުހައްމަދު 2 ވޯޓް
  • ޕީއެންސީ: މުހައްމަދު މައުމޫން 2 ވޯޓް
  • ބާތިލް: 1 ވޯޓް


މައުލޫމާތު ލިބިފައިވާ ގޮތުގައި، ކައުންސިލަށް ނައިބު ރައީސަކު ނުހޮވިގެން މިއަދު މެންދުރު 1:00 ގައި އަނެއްކާ ވެސް އަލުން ވޯޓަށް އަހަން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް