
މިކަމަށްޓަކައި، ރޭ 9:00 ގައި ބޭއްވި ޖަލްސާގައި ޒައީމާ ނައިބު ރައީސްކަމަށް ހޮވުނީ ތިން ވޯޓު ލިބިވަޑައިގެން ކަމަށްވާއިރު، އޭނާއާ ވާދަކުރެއްވި ޕީއެންސީގެ މެންބަރު މުހައްމަދު މައުމޫނެވެ.
މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ޒައީމާ ވަނީ މީގެ ކުރިން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށު ކައުންސިލްގެ ރައީސްކަމަށް ވެސް ވާދަކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
މަހިބަދޫ ކައުންސިލްގެ ނައިބު ރައީސްކަމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޒައީމާއާއި މައުމޫނުގެ އިތުރުން އަމިއްލަ މެންބަރު ބުންޔާމީން ހަސަނެވެ. އެންމެ ފުރަތަމަ ބުރުގައި ޒައީމާއާއި މައުމޫނަށް ދެ ވޯޓު ލިބުނުއިރު، ބުންޔާމީނަށް ލިބުނީ އެއް ވޯޓެވެ. އޭގެ ފަހުން ބޭއްވި ކޮންމެ ވޯޓެއްގައި ވެސް ޒައީމާއާއި މައުމޫންގެ ވޯޓު އެއްވަރުވެ، ބާތިލު އެއް ވޯޓު ހިމެނުމުގެ ސަބަބުން ނައިބަކު ހޮވުން ދިގުލައިގެން ދިޔައެވެ.




