މާލޭސިޓީގެ ޑަބްލިޔުޑީސީ ހުވައިކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ސިޓީކައުންސިލް
ޑަބްލިޔުޑީސީގެ ރައީސަށް ސިޓީތަކުގައި 41 ހާސް އަދި ރަށްތަކުގައި 21 ހާސް ރުފިޔާ
މަރްޔަމް މުޙައްމަދު 21 މޭ 2026 (ބުރާސްފަތި)   22:14
އަންހެނުން ތަރައްގީއަށް މަސަައްކަތްްކުރާ ކޮމެޓީގެ ރައީސްުންގެ ގޮތުގައި، ސިޓީތަކުން އިންތިހާބުވި ފަރާތްތަކަށް، މުސާރައިގެ ގޮތުގައި މަހަކު 41،000 ރުފިޔާ އަދި ރަށްތަކުގެ އަންހެނުން ކޮމެޓީގެ ރައީސަކަށް މަހަކު 21،000 ރުފިޔާގެ މުސާރައެއް ދިނުމަށް ނިންމައިފިއެވެ.

ގައުމީ ޕޭ ކޮމިޝަނުން މިއަދު ބުނީ، އަންްހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސުންްނާއި ކޮމެޓީގެ މެެމްބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަށްފަހު ލޯކަލް ގަވާމެންޓް އޮތީރިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން، ޕޭ ކޮމިޝަނުން ކަނޑައެޅި މުސާރަތަކަށް ބަލާއިރު ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސްގެ އަސާސީ މުސާރައަކީ 33،000 ރުފިޔާ ކަމަށްވާއިރު، އޭގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 8500 ރުފިޔާ ލިބޭއިރު މަހެއްހެ މައްޗަށް މުސާރައާއި އިނާޔާތުގެ ގޮތުގައި 41،500 ރުފިޔާ ހިމަނާފައި ވެއެވެ.

ސިޓީތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 5000 ރުފިޔާކަމަށް ވާއިރު، ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބުނު ނަމަވެސް ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.

އަދި ހަމަ، ސިޓީ ކައުންސިލްތަކުން އަންހެނުން ކޮމެޓީގެ ނައިބު ރައީސްއަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 7000 ރުފިޔާ ލިބޭއިރު، ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރަ 6000 ރުފިޔާ ކަމަށް ވަނީ ނިންމާފައެވެ.

ރަށްރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މުސާރަތަކަށް ބަލާއިރު، ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސެއްގެ އަސާސީ މުސާރައަކީ 16،500 ރުފިޔާއެވެ.

އަދި، އޭގެއިތުރުން ލިވިން އެލަވަންސްގެ ގޮތުގައި 4500 ރުފިޔާ ލިބޭއިރު މަހެއްގެ މައްޗަށް މުސާރައާއި އިނާޔާތުގެ ގޮތުގައި 21،000 ރުފިޔާ ލިބެއެވެ.

ރަށްތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ނައިބު ރައީސްގެ އަސާސީ މުސާރައަކީ 4000 ރުފިޔާ ކަމަށްވާއިރު، ބާއްވާ ކޮންމެ ބައްދަލުމެއްގައި ބައިވެރި ވެއްޖެނަމަ ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ލިބުނު ނަމަވެސް ބައްދަލުވުންތަކަށް އެންމެ ގިނައިން މަހެއްގެ މައްޗަށް ލިބޭނީ 2000 ރުފިޔާކަމަށް ކަނޑައަޅާފައި ވެއެވެ.

އެއާއެކު ރަށްތަކުގެ އަންހެނުން ކޮމެޓީގެ ނައިބު ރައީސަށް ކޮންމެ މަހަކު ޖުމްލަ މުސާރައިގެ ގޮތުގައި 6000 ރުފިޔާ ލިބޭއިރު، ސިޓީތަކުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރަކަށް މަހެއްގެ މައްޗަށް ޖުމްލަ މުސާރައަކީ 5000 ރުފިޔާ ލިބޭނެ ކަމަށް ވެސް ގައުމީ ޕޭ ކޮމިޝަނުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް