ވައިޓް ހައުސް ކައިރީގައި ހުރި ފުލުހުންގެ ޗެކްޕޮއިންޓެއް - ފޮޓޯ: އޭއެފްޕީ
ވައިޓް ހައުސް ކައިރީ ބަޑިޖަހާ މީހަކު މަރާލައިފި
ޖުނާން އަޙުމަދު 24 މޭ 2026 (އާދީއްތަ)   09:14
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ކައިރީގައި ބަޑީގެ ހަމަލާތަކެއް އިއްޔެ ދީ މީހަކު މަރާލައިފިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފިއެވެ.

ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ އެކާވީސް އަހަރުގެ މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށާ، ބަޑީގެ ހަމަލާތައް އަމާޒުވި މީހާ މަރުވެފައި ވަނީ، ޖޯޖް ވޮޝިންޓަން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ހަމަލާ ދިން ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުރީ ވައިޓް ހައުސްގެ އެތެރޭގައި، އޯވަލް އޮފީހުގައި މަސައްކަތް ކުރުމަށް ކަމަށާ، ނަމަވެސް އެ ހަމަލާއާ ގުޅިގެން ޓްރަމްޕަށް އެއްވެސް ގެއްލުމެއް ނުވާކަމަށް ހައުސް ރިޕަބްލިކަންސް އިން ހާމަކޮށްފައިވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރަނީ، ހަމަލާދިން މީހާ އައިސްފައިވަނީ 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅުނު ކަންމަތިން ކަމަށާ، އޭނާ ވަނީ ސިއްރު ފުލުހުންގެ ސެކިއުރިޓީ ބެރިއަރުތަކާ ދިމާލަށް ބަޑިޖަހަން ފަށާފައި ކަމަށެވެ.

ކޮމެންޓް