
ސައުދީ ރައްޔިތުންނާއި ބިދޭސީން ވެސް ހިމެނޭހެން ހައްޔަރުކުރި މި މީހުން ހައްޔަރުކޮށްފައިވަނީ، މައްކާގެ އެކި ސަރަހައްދުތަކުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ.
އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި، ހުއްދަ ނެތި މައްކާއަށް ވަންނަން އުޅުނު ތުރުކީގެ އަށް މީހަކާއި، ފަރުބަދަމަތީގެ ކުދި މަގުތަކުން ސިއްރުން މީހުން އެތެރެކުރަން އުޅުނު ޔަމަނުގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިގޮތަށް އަތުލައިގަނެވޭ މީހުންނަށް، ކުރިއަށް އޮތް 10 އަހަރަށް ސައުދީއަށް އެތެރެނުވެވޭ ގޮތަށް ބްލެކްލިސްޓު ކުރާނެ ކަމަށާ، އަދި ގަވާއިދާ ހިލާފުވާ ބިދޭސީންގެ އަދަބު ތަންފީޒުކުރުމަށްފަހު ގައުމުން ޑީޕޯޓުކުރުމަށް ހަމަޖެހިފައި ވާއިރު، ގަވާއިދާ ހިލާފަށް މީހުން އުފުލާ ފަރާތްތަކާމެދު އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ސައުދީ ދާހިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން މީހުން އުފުލާ ފަރާތްތައް 100,000 ސައުދީ ރިޔާލަ (26,700 ޑޮލަރު) ން ޖޫރިމަނާކޮށް، އެކަމަށް ބޭނުންކުރާ އުޅަނދު ދައުލަތަށް ނެގުމާއި، ހުއްދަ ނެތި ހައްޖުވާން އުޅޭ ކޮންމެ މީހަކު 20,000 ރިޔާލަ (5,400 ޑޮލަރު) ން ޖޫރިމަނާކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސައުދީ ދާހިލީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.




