
އިސްރާއީލުގެ ސަރުކާރާ ހަވާލާދީ މީޑިއާރިޕޯޓުތައް ބުނަނީ، އަންގާރަ ދުވަހު ހަމަލާދީ އޫދާ ޝަހީދުކޮށްލާފައި ވަނީ، ޣައްޒާގައި އިޒްރޭލުން ހިންގި އަސްކަރީ އޮޕަރޭޝަނެއްގެތެރެއިން ކަމަށެވެ.
އޫދާގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅުވެސް ޝަހީދުކޮށްލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ހަމާސް ޖަމާއަތުން އަދި ރަސްމީ އެއްވެސް ބަހެއް ނުބުނެއެވެ.
ހަމާސްގެ ކުރީގެ އިންޓެލިޖެންސް ޑިވިޝަންގެ އިސްވެރިޔާ އޫދާ ހަމާސްގެ އަސްކަރީ ކޮމާންޑަރުގެ މަގާމާ ހަވާލުވެވަޑައިގަތީ، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހު އެވެ. އެ މަގާމު އޭރު ހުސްވީ، އިޒްރޭލުން ދިން ހަމަލާއެއްގައި އޭރުގެ ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލުންގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 72،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށޤލާފައި ވާއިރު، އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ.




