
އެފަދަ ކޮންމެ ވީޑިއޯ ލަވައެއްމެ ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރު، އެ ރަށަކާ ގުޅިފައިވާ ގިނަ މީހުންނަށް އެއީ ވަރަށް މުހިންމު ހަދިޔާއަކަށް ވެދެއެވެ. ހާއްސަ ގޮތެއްގައި ރަށާ ދުރުގައި ވަޒީފާ އަދާކުރާ، ނުވަތަ ކޮންމެވެސް ސަބަބަކަ ހުރެ ރަށަށް ނުދެވޭ މީހުންނަށް އެއީ ރަށުގެ ހަނދާންތައް އާކޮށްދޭ ހަދިޔާއަކަށް ވެދެއެވެ. ރަށުގެ އެކުވެރި މޫނުތައް ފެނިދެނިވާ ވަސީލަތަކަށް ވެދެއެވެ. މެދު ކެނޑުމެއްނެތި އެ ލަވަތައް ޖެހިދެއެވެ.
މިފަހަރުގެ ބޮޑު އީދާ ދިމާކޮށްވެސް ގިނަ އީދު ލަވަތަކެއް ވަނީ ރިލީޒް ކޮށްފައެވެ. އެހެންނަމަވެސް މި ބަލައިލަނީ އެކި ރަށްރަށަށް ނިސްބަތްކޮށް އުފައްދައި އާންމުކޮށްފައިވާ ލަވަތަކަށެވެ. ތިރީގައި މި ހިމަނާލަނީ ޔޫޓިއުބް ތެރެއިން ފާހަގަވި ބައެއް ލަވަތަކެވެ.
މ.ވޭވަށް - ހިނިތުންވެލާ
ވ.ފުލިދޫ - އީދު ވެދުން
ތ.ބުރުނި - ފިލިގަސް ސިޓީ އީދު ލަވަ
ޅ.ހިންނަވަރު - ހިތްތައް އުފާވެފާ
ށ.ފުނަދޫ - އީދުގެ ރޯޅި ނަޔާ
ނ.ވެލިދޫ - އީދު ތަހާނީ
ޅ.ކުރެންދޫ - އީދު ތަރާނާ
ށ.ކޮމަންޑޫ - އެންމެންގެ އީދު
ބ.ކަމަދޫ - ހިތުން ހިތަށް
ރ.ދުވާފަރު - މަލަ ފަރި ދުވާފަރު
ރ.މަޑުއްވަރި - ސުވާސްތި
ބ.ކުޑަރިކިލު - އީދު ހުވަނދު
މި ލަވަތައް ގެނެސްދީފައި މިވަނީ ވަކި ތަރުތީބަކުން ނޫނެވެ. އަދި މިލަވަތަކުގެ ތެރެއިން އެންމެ ރީތި ނުވަތަ އެންމެ ކަމުދާ ލަވައެއްވެސް ނިންމާނީ ތިކޮޅުންނެވެ. ކޮމެންޓެއްގެ ގޮތުގައި ލިޔުއްވާށެވެ.




