
މިކަން އަންގާ ނެރުނު އިންޓާނަލް މެމޯއެއްގައި ވާގޮތުން، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރަސްމީގަޑި ނިމުމުގެ ކުރިން ހުރިހާ ޑިޕާޓްމަންޓް ތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޮލިސް ރިޕޯޓް ހޯދާ އެ ކޯޕަރޭޝަންގެ ހެޑް އޮފީހަށް ފޮނުވަން ޖެހެއެވެ.
މުވައްޒަފުންގެ ކުށުގެ ރެކޯޑް ސާފުކުރުމަށް ފެނަކައިން ފަށާފައި މވާއިރު، އެ ކުންފުނީގެ ހަރަދު ކުޑަކުރުމުގެ ގޮތުން، މުވައްޒަފުން މަދުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާ، އެގޮތުން ވަޒީފާއިން ވަކިވުމަށް އެދޭ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ދޭން އެ ކުންފުނިން ނިންމާފައިވާ ކަން ފާހަގަކޮށްލެވެއެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން ދާދިފަހުން މީޑިއާގައި ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހިދުމަތް ފޯރުކޮށްދޭ އެ ކުންފުނިން ހިދުމަތް ދިނުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށާ، އެ ކުންފުނިން މީހުން މަދުކުރުމުގެ މަސައްކަތުގެ ދަށުން، ހެޑް އޮފީހާއި އަތޮޅުތަކުގެ ބްރާންޗުތަކުގައި ތިބެން ޖެހޭ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.




