ޔުނިވާސަލް ބޯޓްޔާޑުން އަލަށް އުފައްދަންފެށި ޔުނިކްރާފްޓް 55.--
މަތީ ފަންތީގެ ރިސޯޓްތަކަށް ހާއްސަކޮށް ޔުނިވާސަލް ބޯޓްޔާޑުން ޑައިވް އަދި އެކްސްކާޝަން ދޯންޏެއް ނެރެފި
ޔުނިކްރާފްޓް 55 މަރުކާގެ މިދޯންޏަކީ މަލްޓި އެކްސްކާޝަންގެ އިތުރުން ކޮންމެ ބޭނުމަކަށްވެސް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ދޯންޏެއް
12 ޖޫން 2026 (ހުކުރު)   10:04
ރާއްޖޭގައި ޑައިވިންގ އަދި އެސްކާޝަން ގެ މަގުބޫލުކަން އިތުރުވެފައިވާ މިންވަރާ ގާތަށްވެސް އެކްސްކާސަން ތަކަށް ހާއްސަ އުޅަނދުފަހަރު ނެތުމުގެ ދަތި ތަކަށް ހައްލަކާއެކު ޔުނިވާސަލް ބޯޓްޔާޑް އިން ފަރުމާ ކޮށްފައިވާ (UNICRAFT 55) ޔުނިކްރާފްޓް 55 އަކީ ޑައިވިންގ، ސްނޯކްލިންގ، މަސްވެރިކަން އަދި އައިލެންޑް ހޮޕިންގ ފަދަ ތަފާތު ހަރަކާތްތަކަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މަލްޓި-ޕާޕަސް އުޅަނދެކެވެ.

މި އުޅަނދުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ޑައިވަރުންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އޭގެ ލޭއައުޓެވެ. މީގެ ތެރޭގައި ތެމިގެން ތިބޭ ސަރަހައްދުތަކާއި ނުތެމި ތިބޭ އަދި އެފް އެންބީ ސާވިސް އަށް ވަކި ހާއްސަ އޭރިޔާއެއް ވަކިކުރެވިފައި ވެއެވެ. އޭގެ ސަބަބުން ޑައިވިން އޮޕަރޭޝަންތަކުގައި ފަތުރުވެރީންނަށް ފަސޭހަކަމާއި ހިތްހަމަޖެހުން ގެނުވައިދޭނެއެވެ. 

your imageޔުނިކްރާފްޓް 55 

މީގެ އިތުރުން، އެކްސްކާޝަން ގައި ބޭނުން ކުރާ ސާމާނާއި އިތުރު ސާމާނުތައް ރައްކާކުރުމަށް ތަނަވަސް ޖާގައެއް އޮތުމަކީ ދިގު ޑައިވް ދަތުރުތަކަށާއި އެކްސްކާޝަން މި އުޅަނދު އެކަށީގެންވާ ސަބަބެކެވެ. އަދި ޖާގަ ތަނަވަސްކޮށް ފަރުމާކޮށްފައިވާ ރިލެކްސޭޝަން އޭރިއާގެ ސަބަބުން، ޑައިވްތަކުގެ މެދުތެރެއިން ފެންވަރާލުމަށާއި އަރާމުކޮށްލުމަށް ޑައިވަރުންނަށް ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެއެވެ.

your imageޔުނިކްރާފްޓް 55 

މި ދޯނީގެ ދުވެއްޔަށް ބަލާއިރު، ފާހަގަކޮށްލެވޭ ކަމަކީ ގަޑިއަކު 18 ނޮޓްގެ ސްޕީޑެއްގައި ދަތުރުކުރާ ކަމެވެ. މިއީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑައިވް ދޯނިތަކަށްވުރެ މާ ހަލުވި އުޅަނދެކެވެ. މީގެ ސަބަބުން ޑައިވް ސައިޓްތަކަށް އަވަހަށް ދެވި، ދުވަހުގެ ތާވަލު ރަނގަޅަށް މެނޭޖްކޮށް، ފަތުރުވެރިންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިތުރަށް މަގުފަހިވެއެވެ.

މި އުޅަނދު ފަރުމާ ކޮށްފައިވަނީ ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރު ކުރެވޭ ގޮތަށް ކަމަށްވެފައި، މިއީ ސްނޯކްލިންގ އަދި އައިލެންޑް ހޮޕިންގ ދަތުރުތަކަށްވެސް ނުހަނު އެކަށީގެންވާ އުޅަނދެކެވެ. އޭގެ ތަނަވަސް އަދި ފަސޭހަ ލޭއައުޓުގެ ސަބަބުން، ސަލާމަތީ ކަންކަމަށް ނުވަތަ ދަތުރުގެ ފެންވަރަށް ބުރޫނާރާ ގޮތަށް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެއެވެ.

your imageޔުނިކްރާފްޓް 55 

ފަރުމާކުރުމުގެ މަރުހަލާގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ފަތުރުވެރިންނާއި ދަތުރުވެރިންގެ ހިތްހަމަޖެހުމަށާއި ފަސޭހަ ކަމަށެވެ. ޒަމާނީ އިންޖިނިއަރިންގގެ އެހީގައި، ޔުނިކްރާފްޓް 55 އަކީ، ކަނޑު ގަދަ ދުވަސް ދުވަހުގައިވެސް ތެޅުވުން ކުޑަ، އިންޖީނުގެ އަޑުވެސް މަޑު އަދި ދިގު ދަތުރުތަކުގައި ވެސް އޮމާންކަމާއެކު ދަތުރުކުރާނެ އުޅަނދެކެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް އެއްވެސް ނުތަނަވަސްކަމެއް ނެތި ކަނޑުމަތީގެ ވަގުތުތައް ހޭދަކޮށްލެވޭނެއެވެ.

your imageޔުނިކްރާފްޓް 55 

މި އުޅަނދު ތައާރަފު ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޔުނިވާސަލް ބޯޓްޔާޑުގެ ޖެނެރަލް މެނޭޖަރު ޝަމީމް މުޙައްމަދު ވިދާޅުވީ:

"މި އުޅަނދަކީ ޒަމާނީ އީޖާދީ ކަންކަމާއެކު ދިވެހި އާދަކާދަތަކަށް އަޅުގަނޑުމެން ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ އުޅަނދެއް. އަޅުގަނޑުމެން ބޭނުންވީ އޮޕަރޭޓަރުންގެ ބޭނުންތަކަށް ފުދޭ، އަދި ފަތުރުވެރިންގެ ތަޖުރިބާއިން ރިސޯޓް ރިވިއުސް މުއްސަނދިކޮށްދޭނެފަދަ އުޅަނދެއް އުފައްދަން. މިއީ ސީދާ އަޅުގަނޑުމެންގެ އަމިއްލަ ފަރުމާއެއް ކަމަށްވުމީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެއް."

މީގެ އިތުރުން ޔުނިވާސަލް ބޯޓްޔާޑުން ދަނީ ފެންވަރު ރަނގަޅު، އިންޖިނިއަރިންގެ ޚިދުމަތާއި އޮޑިދޯނި ފަހަރު އެހެލާ މަރާމާތު ކުރުމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ނަން އިތުރަށް ވަރުގަދަކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް:

ޔުނިވާސަލް ބޯޓްޔާޑް

[email protected]

ކޮމެންޓް