
މި ސަރުކާރުން ޑޮލަރުގެ ރޭޓް މައްޗަށް ނާރާނެ ކަމަށް ބުނެ، ސިޔާސަތު އެކުލަވާލި ފަހުން ޑޮލަރުގެ ރޭޓް މަތިވަމުން އައިސް ޑޮލަރު ވިއްކާ އަގު 20.20 ގައި ގިނަ ދުވަސް ތަކަކު ހުރުމަށްފަހު، ރާއްޖޭގެ ތާރީހުގައި ވެސް ޑޮލަރުގެ އަގު 20.50 އަށް އަރައިގެން ދިޔަ މިއީ ފުރަތަމަ ފަހަރުކަމަށް ވިޔަފާރިވެރިން މައުލޫމާތު ދެއެވެ.
ވިޔަފާރިވެރިން ބުނާގޮތުން އަދިވެސް ލަފާކުރެވެނީ ޑޮލަރުގެ އަގު ތިރިނުވެ މިއަށް ވުރެވެސް މަތިވާނެ ކަމަށް ފެންނަކަމަށެވެ.
އަދި ރާއްޖެއިން ބޭރުން މުދާ ގަންނަން ބޭނުންވާ ވަރަށް މި އަގަށް ވެސް ޑޮލަރު ނުލިބިގެން ވިޔަފާރިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވިޔަފާރިވެރިން ބުނަނީ، ކުރިއަށް އޮތް ތަނުގައި އަގު ދަށްވާނެ ކަމަށް ނުބެލެވޭ ކަމަށާ، އެއީ މެދުއިރުމަތީގެ ދަތުރުތައް ފަސޭހަވުމާއެކު މުދާ އެތެރެކުރުން އިތުރުވާނެތީ ކަމަށެވެ.
އަދި ހަމަ އެއާއެކު ޑޮލަރުގެ ޑިމާންޑު މަތިވެ އަގު ވެސް އުފުލޭނެ ކަމަށް ވެސް ވިޔަފާރިވެރިން ބުނެއެވެ.




