
އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނީ، 2026 ވަނަ އަހަރުގެ 4 ވަނަ ދައުރުގެ 35 ވަނަ ޤައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ފާސްކުރައްވާފައިވާ ”ބޮޑު ބަދަލު“ އޮފީސް، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ ސެކްރެޓޭރިއަޓުގައި ޤާއިމު ކޮށްފި ކަމަށެވެ.
އަދި އެ އޮފީހުގެ ޑައިރެކްޓަރ ޖެނެރަލް އަކީ އަލްއުސްތާޛު ހަސަން ލަތީފް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
ބޮޑު ބަދަލަކީ ދިވެހިރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމުގެ ކުރިން އެމަނިކުފާނާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހުށަހެޅުއްވި ނިޒާމީ އިސްލާހުތަކެކެވެ.
ބޮޑު ބަދަލުގެ ގޮތުގައި މައިގަނޑު ފަސް ބަދަލެއް ފާހަގަ ކުރެވެއެވެ. އޭގެތެރޭގައި ހިމެނެނީ؛
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ނަޝީދު ކުރެއްވި ކެމްޕޭނުގައި ޕާޓީގެ މެންބަރުންގެ ތާއީދު ހޯއްދެވުމަށް ހުށަހެޅުއްވީ އެ ބަދަލުތަކެވެ. އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނީ އެމްޑީޕީ މެދުވެރިކޮށް ކަމަށް އޭރު ނަޝީދު ވިދާޅުވި އެވެ. އެ އިންތިހާބުގައި ނަޝީދު ކާމިޔާބު ކުރެއްވީ 69 ޕަސަންޓުގެ ވޯޓުންނެވެ.
ޗެއާޕާސަންގެ މަގާމަށް ނަޝީދު އިންތިހާބުވެވަޑައިގެން ބޭއްވި ފުރަތަމަ ގައުމީ މަޖިލީހުގެ ޖަލްސާގައި ބޮޑު ބަދަލުގެ ނަމުގައި އޮފީހެއް ޕާޓީގައި ގާއިމުކުރުމަށް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.




