
އެމްޑީޕީން މިއަދު ހާމަކޮށްފައިވާ ގޮތުގައި، ޕާޓީގެ ގައުމީ ސެކްރެޓޭރިއަޓުގައި އަލަށް އުފެއްދި މި އޮފީހަށް ދީފައިވާ ނަމަކީ "އިންޓަރ-ލޯކަލް ކައުންސިލް ޕްރޮޖެކްޓް ޑެވަލޮޕްމަންޓް އޮފީސް" (އައިއެލްސީ-ޕީޑީއޯ) އެވެ.
މި އޮފީސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭނުންވާ މަޝްވަރާތަކާއި އެއްބާރުލުން ފޯރުކޮށްދިނުމެވެ.
މި އޮފީހުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ހަމަޖެއްސި އަމީރަކީ އިގްތިސޯދީ ތަޖުރިބާކާރެއްގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ރައީސް މުހައްމަދު ނަޝީދު ހަވާލުވެވަޑައިގެން، ޕާޓީ ހަރަކާތްތެރިކުރުމަށް އެކި މަސައްކަތްތައް ގެންދަވަނީ ކުރައްވަމުންނެވެ.
އެމްޑީޕީގެ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީހުގެ ނަމުގައި އޮފީހެއް ގާއިމުކޮށް، އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކަށް ކުރީގެ މިނިސްޓަރު އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަލްއުސްތާޛު ހަސަން ލަތީފު ވެސް ވަނީ މީގެ ކުރިން އައްޔަނުކުރައްވާފަ އެވެ.




