
ރައީސް ނަޝީދުގެ މި ދަތުރުފުޅާ ގުޅޭގޮތުން އެމްޑީޕީން ބުނީ، އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ އޮފިޝަލުންގެ އިތުރުން ޔޫކޭ ބާ ކައުންސިލާ ވެސް ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 2 ވަނަ ދުވަހުގައި ކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދެއެވެ.
ރައީސް ނަޝީދުގެ މި ދަތުރު ފުޅަކީ، މި މަހުގެ 12 ގައި ބޭއްވި އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.




