
މައުލޫމާތު ލިބޭގޮތުގައި، މި ބޯނަސް ފައިސާ އަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދޫކޮށްފައިވާ 2024 ވަނަ އަހަރުގެ ބޯނަސް ފައިސާއެވެ.
އެގޮތުން، 18،600ރ. ގެ ބޯނަސްއެއް އޮޅިގެން ދެވިފައިވާ އެ މުއައްޒަފުންނަކީ، 9،000ރ. ގެ ބޯނަސްއެއް ދޭންޖެހޭ މުވައްޒަފުންނެވެ. އަދި އެ ބޯނަސް ބޮޑުކޮށް، ގާތްގަނޑަކަށް ދުއިސައްތަ އެއްހާ މުވައްޒަފުންނަށް މިހާރު ދެވިފައިވާއިރު އެ ފައިސާގެ އަދަދު މިލިއަނަކަށް ވުރެ ގިނައެވެ.
އަދި މި މައްސަލަ ފާހަގަވެފައި ވަނީ، މެނުއަލްކޮށް ކުރާ އެ މަސައްކަތުގައި ދިމާވާ ބައެއް މައްސަލަތައް ހައްލުކުރުމަށްޓަކައި އެ މަސައްކަތްތައް އަލުން މުރާޖައާ ކުރުމުގެތެރެއިން ކަމަށާ، މިގޮތަށް ފައިސާ ދެވިފައިވަނީ، ފައިސާ ދިނުމުގެ ތަރުތީބު ލިސްޓުގެ ފަހަތުގައި ތިބި މުއައްޒަފުންނަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ދައުލަތުގެ ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް އަހަރީ ބޯނަސް އާންމުކޮށް ދޫކުރަމުން އަންނައިރު، އެ ބޯނަސް ފައިސާ ދޫކުރަނީ ކުންފުނީގެ ބޯޑުން ފާސްކޮށް ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު އެވެ.
އެގޮތުން އެޗްޑީސީން މިދިޔަ ޑިސެމްބަރުގައި 18،600ރ. ބޯނަސްގެ ގޮތުގައި ދޫކުރީ އެ މުވައްޒަފަކު ހިދުމަތްކުރި މުއްދަތަކަށް ބަލައިގެން ކަން ފާހަގަކޮށްލެވެއެވެ.




