
އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އާންމުކޮށްފައިވާ މި ނޯޓުގައި ލިޔެފައިވަނީ:
ވިސާގެ ހުރަސްތަކާއި އެމެރިކާގެ ހަރުކަށި އުސޫލުތަކުގެ ސަބަބުން އީރާނު ޓީމުގެ ބައެއް އިސްވެރިންނަށް އެމެރިކާއަށް އެތެރެނުވެވުމުން، އެ ޓީމު މުޅި މުބާރާތުގައި ބޭސްވެގެން ތިބީ މެކްސިކޯގެ ސިޓީއެއް ކަމަށްވާ ޓިހުއާނާގައެވެ.
މެކްސިކޯގައި ތިބެފައި މެޗް ކުޅުމަށް އެމެރިކާއަށް ދަތުރު ކުރުމަށްފަހު މެޗް ނިންމާފައި މަދު ވަގުތު ތަކެއްގެ ތެރޭގައި އެމެރިކާއިން އީރާން ޓީމު ފައިބަން ޖެހެއެވެ. އެހެންކަމުން މި ނޯޓަކީ އެފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އެ ސިޓީން ލިބުނު ތަރުހީބަށް ޝުކުރުވެރިވުމުގެ ގޮތުން ދޫކުރި ވަރަށް ރީތި މެސެޖެކެވެ.
އީރާންގެ ކޯޗު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވަނީ ދެވަނަ މެޗަށް އައުމުގެ ހުއްދަ ދިންލެއް ލަސްވި ނަމަވެސް އެޓީމު ލޮސް އެންޖަލިސްއަށް ދިއުމާއި އެކު އިމިގްރޭޝަން އިން ފެނިގެން ހުރިހާ ކަމެއް ވަރަށް ފަސޭހަ ކޮށްދީފައިވާކަން ފާހަގަ ކޮށްފައެވެ.
އީރާނުން މި ވޯލްޑްކަޕްގައި މިހާތަނަށް 2 މެޗް ކުޅެފައިވާއިރު ލިބިފައިވަނީ 2 ޕޮއިންޓެވެ. ފުރަތަމަ މެޗްގައި ނިއުޒިލެންޑާ ވާދަކޮށް 2 ލަނޑުން އެއްވަރު ވެފައިވާއިރު ރޭ ކުޅުނު މެޗްގައި ބެލްޖިއަމް މެޗްވެސް ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައެވެ. މިމަހުގެ 27 ގައި އީރާން ބައްދަލުކުރާނީ މިސްރާއެވެ.




