އިޒްޔާން ޢަބްދުލްޙަމީދު (38އ) ފ. ނިލަންދޫ / ރާހި
‏ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
ޖުނާން އަޙުމަދު 23 ޖޫން 2026 (އަންގާރަ)   13:17
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފައި ވަނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހާ ހޯދައި ހައްޔަރު ކުރުމަށްޓަކައެވެ.

މި ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށް އެދިއެވެ.

ފުލުހުން ބުނީ، އެ އިދާރާގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައި ކަމަށާ، އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައި ވެސް ނުވާކަމަށެވެ.

ބޮޑެތި މައްސަލަތަކުގެ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހަކު ނުވަތަ އެ ބަޔަކު ހައްޔަރުކުރުމަށްޓަކައެވެ.

ކޮމެންޓް