
މައުލޫމާތު ލިބޭގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވާ34 އަހަރުގެ އަހުމަދު ނިޝާމް އަކީ ރ. ދުވާފަރަށް ނިސްބަތްވާ މީހެކެވެ އަދި އޭނާއަކީ ކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދު ކޮށްފައިވާކަމުގެ ރިކޯޑު ވެސް އޮތް މީހެއްކަން ފާހަގަކޮށްލެވެއެވެ.
ވައްކަންކުރުމާއި ހުއްދަ ނެތް ތަނަކަށް ވަނުމުގެ ތުހުމަތު އޭނާގެ މައްޗަށް ފުލުހުން ކުރި ނަމަވެސް އޭނާ ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ.
އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް، ފުލުހުންގެ ބެލުމުގެދަށުން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް މައުލޫމާތުލިބެއެވެ.
ކްރިމިނަލްކޯޓުގެ އާ އިމާރާތެއް ހުޅުމާލެ ފޭސް އެކެއްގައި އިމާރާތްކޮށް އެތަނަށް ކްރިމިނަލް ކޯޓު ބަދަލުކުރިފަހުން، ލޯކަލްމާރުކޭޓު ކައިރީގައި ހުރި އެ ކޯޓުގެ ބާ އިމާރާތް ހުންނަނީ ފަޅަށްކަން ފާހަގަކޮށްލެވެއެވެ.




