އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު، އެމްޑީޕީ މީޑިއާ ކޮމެޓީގެ މެންބަރުންނާ ބައްދަލު ކުރެއްވުން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ފިޔެސް 20 ޖޫން 2026 (ހޮނިހިރު)   15:25
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކަށް ވަނުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ދާއިމީ ކޮމިޓީތަކުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން، މިއަދުން ފެށިގެން 23 ޖޫން 2026 ގެ ނިޔަލަށް ހުށަހެޅުމަށެވެ.

އެކަމަށް އެދި ހުށަހަޅަން ޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ.

އެމްޑީޕީގެ އިއުލާނުގައި ވަނީ އެ ޕާޓީގެ ދާއިމީ ކޮމިޓީތައްވެސް ހިމަނާފައެވެ. އެއީ:

  1. އިންތިހާބާބެހޭ ކޮމިޓީ
  2. ކެމްޕޭން ކޮމިޓީ
  3. ޗަންދާ ކޮމިޓީ
  4. އިންތިޒާމް ކުރުމާބެހޭ ކޮމިޓީ
  5. މީޑިއާ ކޮމިޓީ
  6. ޤާނޫނީ ކޮމިޓީ
  7. ލާމަރުކަޒީ ކޮމިޓީ
  8. ބައިނަލްއަޤްވާމީ ގުޅުންތަކާބެހޭ ކޮމިޓީ
  9. މެކްރޮއިކޮނޮމިކް ކޮމިޓީ
  10. އެސް.އެމް.އީ ކޮމިޓީ
  11. މަސްވެރިކަމާ ދަނޑުވެރިކަމާބެހޭ ކޮމިޓީ
  12. ޓޫރިޒަމް އާއި ޓްރާންސްޕޯރޓް ކޮމިޓީ
  13. އެންވަޔަރަމްންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ
  14. ގެދޮރާބެހޭ ކޮމިޓީ
  15. ސިއްހަތާ އިޖްތިމާއީ ކޮމިޓީ
  16. ތައުލީމާބެހޭ ކޮމިޓީ
  17. ޔޫތު އެންޑް ރިސޯސަސް ކޮމިޓީ
  18. އިންފޮރމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ
  19. ފިޔަވަޅުއަޅާ ކޮމިޓީ
  20. ލޭބަރ ރިލޭޝަންސް ކޮމިޓީ
  21. ޕްރިވެންޝަން، ރިހެބިލިޓޭޝަން އެންޑް ރިއިންޓެގްރޭޝަން ރިސާޗް ކޮމިޓީ

.

މި ކޮމިޓީތަކުގެ ތެރެއިން އެ މެންބަރަކު ބައިވެރިވެ މަސައްކަތް ކުރުމަށް ބޭނުންވާ ކޮމިޓީއެއް ކަނޑައަޅައި ހުށަހެޅުމަށް އެމްޑީޕީން އިއުލާންކޮށްފައި މިވަނީ މި މަހުގެ 12 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ޕާޓީ ހިންގެވުމުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަތުމާއެކު އެވެ.

ރައީސް ނަޝީދު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު މިދިޔަ ހަފުތާގައި ވަނީ ޕާޓީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، މިހާރު ހުރި ކޮމިޓީތަކުގެ މެންބަރުންނާވެސް ވަކިވަކިން ބައްދަލުކުރައްވާފަ އެވެ.

ކޮމެންޓް