ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ވެސް އޮތީ ފެށުމުގެ މަރުހަލާގައި
ޖުނާން އަޙުމަދު 27 ޖޫން 2026 (ހޮނިހިރު)   18:16
މި ސަރުކާރުން، ރައީސް މުއިއްޒު އައްޔަންކުރެއްވި، ސިޔާސީ މުވައްޒަފުން، މި ސަރުކާރުން މަދުކުރުމަށް ކުރާ މަސައްކަތް މިހާރު އޮތީ ފެށުމަށް ތައްޔާރުވެ، އެންމެފަހުގެ ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ސިޔާސީ މުވައްޒަފުން މަދުކުރުމަށް ކުރާ މަސައްކަތުގެ ދަށުން އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ މަސައްކަތް ނިމުމަކާއި ހަމައަށް އައިސްފައިވާ ކަމަށާ، މި އިވެލުއޭޝަން މަސައްކަތުގެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، ދެން އޮތީ ފިޔަވަޅު އެޅުމުގެ މަރުހަލާ ކަމަށެވެ.

އަދި، އިވެލުއޭޓްކުރަނީ ނީޑެޑް ކެޕޭސިޓީއެއް ގެނައުމުގެ ނިއަތުގައި ކަމަށާ، އެގޮތުން ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކުރުމަށް ހަމަޖެހިފައި ވަނީ، ވަކި އަދަދަކަށް ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

"އެސްއޯއީތައް ވެއްޖެއްޔާ އޮންނާނެ ވަން ތާޑްކަމަށް ބަލާފައި މަދުކުރުން ނުވަތަ އުނިކުރަން. ސަރުކާރުގެ ސިޔާސީ މަގާމުތައް ވަކި އަދަދަކަށް އަޅުގަނޑުމެން ތިރިކުރެވޭތޯ މަސައްކަތް ކުރަނީ، ދެން އެބައި އަންނާނީ." - މުހައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސްޓްރަކްޗާ ކުޑަކޮށް، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތަކީ މީގެކުރިން އެންމެ އެދެވޭ ގޮތެއްގައި ކުރެވިފައިވާ މަސައްކަތެއް ނޫން ކަމަށާއި މިހާރު ކުރިއަށްދާ އިވެލުއޭޝަން މަރުހަލާ ނިމުމުން، ސިޔާސީ މަގާމުތަކާއި ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ އަމަލީ މަސައްކަތް ވަގުތުން ތަންފީޒު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވެސް މިފަހުން ވިދާޅުވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން، މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކަންކަން އިސްލާހު ކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށާ، މިހާރު ކުރިއަށްދަނީ މުއައްޒަފުން މަދުކުރުމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހަދައި، ޕަރފޯމަންސް ބޭސްޑްކޮށް (މަސައްކަތުގެ ފެންވަރަށް ބަލައި) މީހުން މަދުކުރާނެ ގޮތުގެ ދިރާސާ ކަމަށެވެ.

ކޮމެންޓް