
ކޮންމެ އަހަރެއްގެ ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަނީ، 2012 ޖުލައި 23 ވަނަ ދުވަހު ކ.ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައެވެ. މި ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިއަހަރުގެ ޕޮލިސް މެމޯރިއަލް ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ ރޭ މެންދަމު 00:00 ގައި ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާ އެކުގައެވެ.
މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަ އެންޑް ޓެކްނޮލޮޖީ އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް، ދުއާއެއް ކުރުން އޮތެވެ. މީގެ އިތުރުން، ޝަރަފުގެ ގާޑެއް މެމޯރިއަލް ވޯލްގައި މައުންޓްކޮށް، މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެއެވެ.
ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި ފަސް ފުލުހެއްގެ ނަން ވަނީ ލިޔެވިފައެވެ. އެއީ:
މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު އާކުރެވުނެވެ. އޭގެ ތެރޭގައި:
މި އަހަރުގެ ރަސްމިއްޔާތުގައި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޙްމަދު ޢާސިފްގެ ހަނދާންވެސް ވަނީ އާކޮށްފައެވެ. އަހްމަދު އާސިފް ނިޔާވީ މިދިޔަ މަހު 11 ވަނަ ދުވަހު ފުލުހުންގެ އޮޕަރޭޝަނެއްގައި "ޕޮލިސް ލޯންޗު 57" ގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. މިއީ އަހްމަދު އާސިފްގެ ހަނދާން މި ދުވަހުގެ ތެރެއިން އާކުރެވުނު ފުރަތަމަ ފަހަރެވެ.




