
މާލެ ސިޓީ ކައުންސިލުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ބަޔަކު އެ ބަގީޗާއަށް ވަދެ އެ ގަހަށް ގެއްލުން ދެމުން ދަނިކޮށް އެކަން ހުއްޓުވާފައިވާ ކަމަށެވެ.
އެ ގަސް ކެނޑުމަށް މަސައްކަތް ކުރާ ބައެއް ފޮޓޯތައްވެސް ކައުންސިލްގެ ޕޯސްޓްގައި ހިމަނާފައި ވެއެވެ.
ވިލިދޫނި ބަގީޗާގެ ގަހަކަށް ބަޔަކު ވަދެ ގެއްލުން ދޭން އުޅުނު މައްސަލައެއް ފެންމަތިވެފައި މިވަނީ، މި މަހުގެ 14 ވަނަ ދުވަހު ހަމަ އެ ޕާކުގައި ހުރި ބޮޑު ނިކަގަހެއް ކަނޑާލި މައްސަލައެއް ވެސް ފެންމަތިވެފައި ވަނިކޮށެވެ.
އެ ގަސް ކަނޑާލުމާ ގުޅިގެން, ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ އެތައް ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނިކަގަސް ކަނޑާލި މައްސަލައިގައި ސިޓީ ކައުންސިލުން ބުނީ އެ ގަސް ކަނޑާލުމުގައި ކައުންސިލްގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށާ އެކަން ކުރި ބަޔަކު ހޯދަމުންދާ ކަމަށެވެ.
އެފަހަރު އާންމުވި ބައެއް ފޮޓޯ ތަކުންނާއި މިފަހަރު ފެންނަން ހުރި ފޮޓޯތަކުންވެސް އެނގޭ ގޮތުގައި އެ ގަސްތައް ކެނޑުމުގައި އަމަލީގޮތުން މަސައްކަތް ކޮށްފައިވަނީ ވެމްކޯގެ ޔުނިފޯމް ލައިގެން ތިބި ބައެކެވެ.




