
މިގޮތުން، ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މއ.ޝާހީން، އަބްދުﷲ ޔާމީން ވަނީ އައްޔަނުކޮށްފައެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދ.ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް ވަނީ އައްޔަނުކޮށްފަ އެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދ.ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ ވަނީ އައްޔަނުކޮށްފައެވެ. އޭނާ އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
އޭގެ އިތުރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމަށް، ގ.ބާނީ، އަޙްމަދު މާޒިން ވަނީ އައްޔަނުކޮށްފައެވެ. އޭނާވެސް އައްޔަނުކުރީ އެކައުންޓިން އަދި ފިނޭންސްގެ ދާއިރާއިންނެވެ.
ކުންފުނިތަކުގެ ބޯޑަށް އާ ޑިރެކްޓަރުންތަކެއް އައްޔަނުކޮށްފައި މިވަނީ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ދައުލަތުގެ ކުންފުނިތަކުން ތިން މަސްދުވަހުގެ ތެރޭ 33 ޕަސެންޓު މުވައްޒަފުން މަދުކުރަން ޕީސީބީން ވަނީ ޖުލައި 12، ގައި އަންގާފައެވެ.




