
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ބުނީ، އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން، މިއަދުން ފެށިގެން ނިޔާޒު ވަކިކޮށްފައިވާ ކަމަށެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް ނިޔާޒު އައްޔަން ކުރެއްވީ، 2023 ވަނަ އަހަރުގެ ނޮވްމެބަރު މަހުގައެވެ. އޭގެ ކުރިން ނިޔާޒު ހުންނެވީ، އެމްޓީޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައެވެ.
ނިޔާޒު ވަނީ އެމްޓީޑީސީގެ އެކި މަގާމުތަކުގައާއި ބޯޑުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައެވެ. އޭނާ އެ ކުންފުންޏާ ގުޅިވަޑައިގަތީ، 2007 ވަނަ އަހަރުއެވެ.




