
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރީ މިއަދު ކަމަށެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ހުސްވީ އެ ކުންފުނީގެ އެކި މަގާމުތައް ގިނަ ދުވަސްތަކެއް ވަންދެން ފުރުއްވި އަހްމަދު ނިޔާޒު، މިމަހުގެ 23 ވަނަ ދުވަހު އެ މަގާމުން ވަކި ކުރުމުންނެވެ.
ހާރިސް، މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަނުކުރީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ. އެކަމަކު ހައެއްކަ މަސް ފަހުން، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރިއެވެ. އަދި އޭގެފަހުން އަނެއްކާވެސް އޭނާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރުމުން މިއަދާ ހަމައަށް ހުންނެވީ އެ މަގާމުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެ ކުންފުންޏަށް ބޮޑެތި ބަދަލުތައް ގެނައިއިރު އެކްޓިން މެނޭޖިން ޑިރެކްޓަރެއްގެ ގޮތުން ހާރިސް މަސައްކަތް ކުރެއްވިއެވެ.




