
ބައިނަލްއަގުވާމީ މީޑިއާތަކުން ޝަހާބުއްދީންއާ ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި، އޭނާ ވިދާޅުވީ، ތަފާތު ސިއްހީ މައްސަލަތަކެއް އޭނާ ތަހައްމަލު ކުރައްވަމުން ގެންދަވާ ކަމަށާ، އަދި މިވަގުތު އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް ދަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ޝަހާބުއްދީން މަގާމުން އިސްތިއުފާ މިދެއްވީ، މިއަހަރުގެ މެއި މަހު ބޭސްފަރުވާއަކަށް ލަންޑަނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރޭގައި، މަގާމުން ދުރުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް މީޑިއާގައި އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ބޮޑުވަޒީރުކަމުން ދުރުކުރި ފަހުން، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ޝައިޚް ހަސީނާ ދިރިއުޅުއްވަމުން ގެންދަވަނީ އިންޑިއާގައި ކަމަށްވާއިރު، ޝަހާބުއްދީން ލަންޑަނަށް ދަތުރުކުރެއްވީ މިއަހަރުގެ މެއި މަހުގެ 9 އިން 18 އަށެވެ.
މުޙައްމަދު ޝަހާބުއްދީން ބަންގްލަދޭޝްގެ 22 ވަނަ ރައީސްކަމުގެ ހުވާ ކުރެއްވީ 24 އޭޕްރީލް 2023 ގައެވެ. އޭރު އޮތް އަވާމީ ލީގުގެ ފަރާތުން ރައީސްކަމަށް ކުރިމަތިލެއްވި ޝަހާބުއްދީން އެ މަގާމަށް އިންތިޚާބުވީ، އެހެން އެއްވެސް ބޭފުޅަކު ކުރިމަތިނުލެއްވުމުން، 13 ފެބްރުއަރީ 2023 ގައި އެއްވެސް ވާދައަކާނުލައެވެ.




