ދިވެހި ގައުމީ ދިދަތަކެއް، ކޮންމެ ގައުމެއްގެވެސް ގައުމީ ދިދަ އަކީ އެ ގައުމެއްގެ ގައުމީ ލޯބީގެ ރަމްޒު.--
ގައުމީ ލޯބި
މުހައްމަދު ހަލީމް 27 ޖުލައި 2026 (ހޯމަ)   06:41
ގައުމީ ލޯތްބަކީ ގައުމަށް ވަފާތެރިކަންމަތީ ތިމާގެ ގައުމަށް ހާއްސަވާ ލޯތްބާއި، އިހުތިރާމާއި، ތާއީދާއި، މަދަދާއި، އަދި ގައުމު ދިފާއު ކުރުމެވެ. އެއީ ހީވާގި ރައްޔިތަކަށްވުމާއި، މުޖުތަމައަށް ހިދުމަތްކުރުމުގެ އަޒުމް ހުރި ދަރިއަކަށް ވުމެވެ. ގައުމުގެ ހުރިހާ ރައްޔިތުންނަށް ގައުމުގެ ކަންކަމުގައި ބައިވެރިވުމާއި، އިސްލާހުކުރުމާއި، ބިނާކުރަނިވި ކަންތައްތަކެއްގެ ތެރެއިން އުފެދިގެން އަންނަ ޝައުގުވެރިކަމާއި، ފުން ޖަޒުބާތުތަކާއި، ވައުދުތަކާއި އިހުސާސްތަކެވެ.

މިގޮތުން؛

ގައުމީ ލޯބި ފާޅުކުރެވެނީ ކިހިނެއް ހެއްޔެވެ؟

ގައުމީ ލޯތްބަކީ މަދުން ނަމަވެސް ހަމައެކަނި ބަސްތަކެކެވެ. އެއީ މުޖުތަމައުގެ ކަންކަމުގައި ހީވާގިކަމާއެކު ބައިވެރިވުމެވެ. މިގޮތުން ބޭނުންކުރާ އާންމު އިބާރާތްތަކުގެ ތެރޭގައި؛

މަދަނީ ބައިވެރިވުން: މަދަނީ ބައިވެރިވުމަކީ އާންމު ގައުމީ އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ވޯޓުލުން، ވޮލަންޓިއަރިން، އަދި ސުލްހަވެރިކަމާއެކު ބަހުސްކުރުމެވެ.

އާއްމު ހިދުމަތްތައް: އާއްމު ހިދުމަތް ތަކުގެ ތެރޭގައި އަސްކަރިއްޔާ، އުނގަންނައިދިނުން، ސިއްހީ ފަރުވާ، ސިވިލް ސާވިސް ފަދަ ކަންކަން މެދުވެރިކޮށް ގައުމަށް ހިދުމަތްކުރުން ހިމެނެއެވެ.

މުއައްސަސާތަކަށް އިހުތިރާމްކުރުން: މުއައްސަސާތަކަށް އިހުތިރާމް ކުރުމަކީ ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، ގާނޫނުއަސާސީ ހިމާޔަތްކުރުމާއި، ގައުމީ ރަމްޒުތަކަށް އިހުތިރާމުކުރުމެވެ.

ގައުމީ ލޯބި ވ. ގައުމިއްޔަތު

ގައުމީ ލޯތްބާއި ގައުމިއްޔަތާ މި ދެކަމުގައިވެސް ތިމާގެ ގައުމަށް ލޯބިކުރުން ހިމެނެއެވެ. ގިނަ ފަހަރަށް އިލްމުވެރިންނާއި ސޯސަލް ސައިންޓިސްޓުން މި ދެމެދުގައި ރަތް ރޮނގެއް ނުވަތަ ޝާޕް ލައިނެއް ދަމާލައެވެ؛

ގައުމީ ލޯބި: ގައުމީ ލޯބީގެ އަސާސް ބިނާވެފައިވަނީ ލޯތްބާއި ވަފާތެރިކަމުގެ މައްޗަށެވެ. އެއީ ގައުމުގެ ރައްޔިތުންނާއި، ސަގާފަތާއި، އަގުތަކަށް ލޯބިކުރުމަށެވެ. އަދި އެއީ، ތަބައީ ގޮތުން އެހެން ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުމާއި، އެހެނިހެން ގައުމުތަކަށް ފުރައްސާރަ ނުކުރުމެވެ.

ގައުމިއްޔަތު: ގައުމިއްޔަތުގެ އަސާސް ގިނަ ފަހަރަށް ބިނާވެފައިވަނީ ބާރާއި ހީކުރެވޭ ތަފައްވުގު (Superiority) ގެ މައްޗަށެވެ. އެއީ އެމީހެއްގެ ގައުމަކީ އެހެން ހުރިހާ ގައުމުތަކަށްވުރެ މޮޅު ގައުމެއް ކަމުގައި ދެކުމެވެ. މީގެ ސަބަބުން ބައެއް ފަހަރު ބިދޭސީންނާއި، މީސްމަދު ގުރޫޕުތަކާމެދު އަދާވަތްތެރި ނުވަތަ ރުޅިވެރި ވިސްނުން އިސްކުރެވިގެން ދެއެވެ.

ބިނާކުރަނިވި ގައުމީ ލޯބި ވ. ކަނު ގައުމީ ލޯބި

ސޯޝިއޮލޮޖިސްޓުންނާއި، ސިޔާސީ މުހައްނިކުންނާއި، ފަލްސަފާވެރިން ގިނަ ފަހަރަށް ގައުމީ ލޯބި މައިގަނޑު ދެ ބަޔަކަށް ބަހާލައެވެ؛

ބިނާކުރަނިވި ގައުމީ ލޯބި: ބިނާކުރަނިވި ގައުމީ ލޯބި (Constructive Patriotism) އަކީ ގައުމީ ފުން ލޯތްބާ އެކު ގައުމުގެ އުނިކަންތަކާއި ގޯސް ތަކާމެދު ވިސްނާ ފިކުރުކުރުމުގެ މުހިންމު ގާބިލުކަން އެކުލެވިގެންވާ ސިފައެކެވެ. އެއީ ގައުމުގެ މުސްތަގުބަލު ރަނގަޅު ކުރުމަށާއި، އިސްލާހު ކުރުމަށް މަސައްކަތް ކުރުމަށް ރައްޔިތުންނަށް ބާރުއަޅާ ހިއްވަރުދޭ ކަމެކެވެ.

ކަނު ގައުމީ ލޯބި: ކަނު ގައުމީ ލޯބި (Blind Patriotism) އަކީ ގައުމީ މަސްލަހަތުތަކާމެދު ފާޑުކިޔުމާއި، ހަރުކަށިކަން ދެއްކުމާއި، ސުވާލުކުރުމަށް ފުރުސަތު ނުދީ ކިޔަމަންތެރިކަން ޑިމާންޑް ކުރުމެވެ. މި ބާވަތުގެ ލޯބީގެ ސަބަބުން ބައެއް ފަހަރު ތާރީހީ ގޮތުން އެޅިފައިވާ ގޯސްތަކާއި، އެޅިފައިވާ ޅައެއްޗިއްސަށް އިންކާރުކުރުމާއި، މުޖުތަމައަށް އަންނަންޖެހޭ ބަދަލުތަކާމެދު ދެކޮޅުހެދުމަކީ އެކަށީގެންވާ ކަމެކެވެ.

2005 ވަނަ އަހަރު ހެރިސް މިލޯނަސް ލިޔުއްވި 'ޕޭޓްރިއޮޓިޒަމް: އެންޝަންޓް އެންޑް މޮޑާން' ގައި ޝާއިއު ކުރައްވާފައިވާ ދިރާސާއެއްގައި މިޒަމާނުގެ ގައުމީ ލޯބި ސިފަކުރައްވަނީ، އޮޅުންބޮޅުން ބޮޑު މަފްހޫމެއްގެ ގޮތުގަ އެވެ. އެގޮތުން، ރައްޔިތަކު ވެރިއަކަށް ދޭ ހިފެހެއްޓުމެއް ނެތް އެއްބާރުލުމާ އޭނާ ފެއަށް ޖެހޭނީ ކިހާ ހިސާބަކުންތޯ މިލޯނަސް ސުވާލު ކުރައްވާފައި ވެއެވެ. މިލޯނަސް ސުވާލު ކުރައްވާފައިވާ ގޮތުގައި ޖަމާއަތުގެ އަގުލަބިއްޔަތާ ހިޔާލު ތަފާތުވާ ވަގުތުތަކުގައި، އަގުލަބިއްޔަތުގެ ރޫހާ ދެކޮޅަށް އޭނާ މަސައްކަތް ކުރުމަކީ ގައުމީ ލޯބި ނުވަތަ ހުއްބުލްވަތަންއާ ދެކޮޅަށް ކުރާ ކަމެއް ހެއްޔެވެ؟ އަދި ވަކި ފަރުދަކު ދައުލަތަކަށްޓަކައި މަރުދޭންވީ ސަބަބަކީ ކޮބައިތޯވެސް އޭނާ ސުވާލު ކުރައްވައެވެ.

ގައުމީ ލޯބީގެ އެންމެ މަތީ ޝަރަފަކީ ނުވަތަ އެންމެ ފުން އިހުސާސެއް އުފައްދާ ޖަޒުބާތަކީ ނުވަތަ ކުންނަކީ ނުރައްކާތެރި ހާލަތްތަކުގައިވެސް ގައުމަށް ވަފާތެރިވެ، މަރުދީ ދިޔުމެވެ. މިކަމާމެދު ފިލޯސަފަރުންގެ ހިޔާލު ތަފާތު ރައުޔުތަކެއްގެ މައްޗަށް ހިޔާލުތައް ވަނީ ކަފިވެފައެވެ.

ފަރުދަކު ދައުލަތަށްޓަކައި މަރުދީ ދާންވީ ކީއްވެތޯ ކުރެވޭ ސުވާލަކީ ސިޔާސީ ފަލްސަފާގައި ކުރެވޭ އެންމެ ފުން ބަހުސްތަކުގެ ތެރެއިން އެއް ބަހުސެވެ. މި ކޮންސެޕްޓަށް ހައްލު ހޯދުމަށް ބޭނުންކުރާ ތިން އިބްތިދާއީ ފްރޭމްވޯކެއް ވެއެވެ. އެއީ، ސޯސަލް ކޮންޓްރެކްޓް ތިއަރީ ސޯސަލް ކޮންޓްރެކްޓް ތިއަރީ، ސިވިކް ވާޗިއު އަދި ކޮންސީކްއެންސް އޮފް ސްޓޭޓް އޮތޯރިޓީ އެވެ.

1. ސޯސަލް ކޮންޓްރެކްޓް ތިއަރީ: ތޯމަސް ހޮބްސް އާއި ޖޯން ލޮކް ފަދަ ފަލްސަފާވެރިންގެ ނަޒަރުގައި އިޖުތިމާއީ އެއްބަސްވުމުން ދަލީލުކުރަނީ ރައްޔިތުން ވަކި ފަރުދުން ވެރިކަން ކުރުމަށް އެއްބަސްވަނީ ނުވަތަ ރުހެނީ ރައްޔިތުންގެ އަސާސީ އަދި ގުދުރަތީ ހައްގުތަކާއި މިނިވަންކަމާއި މުދާ ރައްކާތެރިކުރުމުގެ ބަދަލެއްގެ ގޮތުގައެވެ.

ވާޖިބު: ގިނަ ބަޔަކު ބުނާ ގޮތުގައި ގައުމަށްޓަކައި ގުރުބާންވެ މަރުދީ ދަނީ އެބައިމީހުންގެ ގައުމީ އިސްތިގުލާލާއި މިނިވަންކަން ދިފާއުކޮށް، ދެމެހެއްޓުމަށެވެ. އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު އުޅެވޭނެކަން ކަށަވަރުކޮށްދިނުމަށެވެ. އެމީހުންގެ ސަގާފަތާއި ފަންނުތަކާއި ޑިމޮކްރެޓިކް ޕްރޮސެސްތައް ކުރިއަށް ގެންދިއުމަށެވެ.

2. ސިވިކް ވިޗުއަލް އެންޑް ކޮމިއުނިޓޭރިއަނިޒަމް: މި ނަޒަރިއްޔާތު ދެކޭ ގޮތުގައި ދައުލަތަކީ ހަމައެކަނި ގާނޫނީ ނިޒާމެއް ނޫނެވެ. އެއީ، ތިމާގެ އައިޑެންޓިޓީ އާއި، ބަހާއި، ސަގާފަތް ބައްޓަންކުރާ އަހުލާގީ ޖަމާއަތެވެ. މަދަނީ ބަސްނޭހުން ތަކާއި، ދެކޮޅު ހަމަނުޖެހުންތަކެއް ހިނގާ ވަގުތުތަކުގައި ނުވަތަ ބޭރުގެ އަނިޔާވެރިކަމުން ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމާއި، ޑިމޮކްރެޓިކް އަގުތަކާއި، ނުވަތަ އިންސާނީ ހައްގުތައް ދިފާއުކުރުމަށް ސިފައިންނަށް ހިއްވަރުދީ ގޮވާލެވިދާނެއެވެ.

ވާޖިބު: ޖީން ޖެކް ރޫސޯ އާއި އަދި ފަހުން މައިކަލް ވަލްޒަރ ފަދަ ވިސްނުންތެރިން ދެކޭ ގޮތުގައި ރައްޔިތުން ތަރުބިއްޔަތު ކުރި މުޖުތަމައަށް ރައްޔިތުން ވަނީ ދަރަނިވެފައެވެ. އަދި ދައުލަތަށްޓަކައި ދުނިޔެއަޅާ ދިޔުމަކީ ހިއްސާކުރެވޭ އަގުތަކާއި، ސަގާފަތްތަކާއި، ރައްޔިތުންގެ ދެމިއޮތުން ދެމިއޮތުމަށްޓަކައި ވާ އެންމެ ފަހުގެ ގުރުބާނީ އެވެ.

3. ކޮންސީކްއެންސް އޮފް ސްޓޭޓް އޮތޯރިޓީ: ކުރިން ބުނެވިދިޔަ ގޮތާ ހިލާފަށް މިޒަމާނުގެ އެތިސިސްޓުން ތިއޮރިސްޓުންގެ ނަޒަރިއްޔާގައި ދައުލަތަށްޓަކައި މަރުދީ ދިޔުމަކީ ބުއްދިވެރި ނުވަތަ އެކަށީގެންވާ ކަމެއް ނޫނެވެ.

ހުއްޖަތް: މިޒަމާނުގެ ގިނަ ލިބަރޭޓަރިއަނުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ބުނާގޮތުގައި ދައުލަތަކީ އެންމެ މަތީ އަހުލާގު ރަމްޒުކޮށްދޭ އެއްޗެއް ނޫނެވެ. އެއީ އާޓިފިޝަލް ކޮންސްޓްރަކްޓެކެވެ. އެމީހުން ސުވާލަކަށް ވަނީ ސަރުކާރަކުން ރައްޔިތެއްގެ ފުރާނައަށް ޑިމާންޑް ކުރުމަކީ ހައްގުކަމެއް ތޯއެވެ؟ އެފަދަ މީހުން ބުނާގޮތުގައި އަސްކަރީ ނުވަތަ ދައުލަތުން ލާޒިމުކުރާ ފިދާވުންތަކަކީ ތާރީހީ ގޮތުން ބަލާއިރު މުޖުތަމައުގެ ދިފާއުގައި ކުރެވިފައިހުރި ކަންކަމެއް ނޫނެވެ. އަދި ކިއެއްތަ؟ އެއީ، ސިޔާސީ އެޖެންޑާތައް ތަންފީޒުކުރުމަށް ބާރުއަޅާ ކަމެކެވެ.

ކެމްބްރިޖް ޔުނިވާސިޓީ ޕްރެސްގެ ތަހުލީލުތަކުން ދައްކާ ގޮތުގައި ދައުލަތަށްޓަކައި މަރުދީ ދިޔުމަކީ ގެއްލިފައިވާ އިންސާފުވެރި ހަނގުރާމައިގެ ސުވާލެކެވެ. މި ވާޖިބުގެ ކޮމްޕްލެކްސިޓީތައް ހޯދައެވެ. އެހެންނަމަވެސް އިސްލާމް ދީނުގައި ގައުމާއި ދީނުގެ ދިފާއުގައި ހަނގުރާމަ ކުރުމަކީ ޝަރުއު ކުރައްވާފައިވާ ކަމެކެވެ. އަދި ގައުމަށްޓަކައި މަރުދީ ދިޔުމަކީ ﷲ ސުބުހާނަހޫ ވަތައާލާ ހާއްސަ ނިއުމަތްތަކެއް ލައްވައި، މަތިވެރިވެގެންވާ ޝަހީދުންގެ ދަރަޖަ ދެއްވާ ކަމެކެވެ.

ކޮމެންޓް