
މާލެ ސިޓީ މޭޔަރު މިހެން ވިދާޅުވެފައިވަނީ، މިއަދަކީ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންކަމަށް 61 އަހަރު ފުރޭ މިނިވަންދުވަސް ކަމަށް ވުމާއެކު މިއަދުގެ މުނާސަބަތުގައި، ދިވެހި ލޮބުވެތި ރައްޔިތުންނަށާއި މިނިވަންކަން ހޯއްދަވައިދެއްވި ބަތަލުންނަށް، ތަހުނިޔާ ދަންނަވާ ސޯޝަލް މީޑިއާގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.
އަދި ގައުމުގެ މިނިވަންކަން ގެއްލި ބައެއްގެ އަޅުވެތިކަމުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ ގައުމުތަކުގެ ރައްޔިތުން ބަރުދާސްތުކުރަމުންދާ ވޭނާއި ކެކުޅުމާއި ހިތާމައާއި އުދާސްތައް، އަޅުގަނޑުމެންގެ ލޮލުގެ ކުރިމަތީގައި، ކޮންމެ ދުވަހަކު ވެސް މި ދަނީ ފެންނަމުން ކަމަށް ވިދާޅުވެ މޭޔަރު އާޒިމް ވިދާޅުވީ، އެހެންކަމުން، ފަރުދީ މިނިވަންކަމާއި ގައުމީ މިނިވަންކަމުގެ ބަހާތައް ދެނެގަނެ ހާއްސަކޮށް ގައުމީ މިނިވަންކަމަށް ލޮޅުމެއް، ބުރުލެއް، ނާރާނެފަދަ ގޮތަކަށް، އަޅުގަނޑުމެންގެ ވިސްނުމާއި، ބަހާއި، އަމަލު، ބައްޓަންކުރުމަށް އަޅުގަނޑު ދިވެހި ލޮބުވެތި ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރައްވާ ކަމަށެވެ.
މޭޔަރުގެ އިތުރުން މާލެސިޓީ ކައުންސިލުން މިނިވަންދުވަހުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކޮށް ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައި ވަނީ ތިމާގެ މިނިވަންކަމަށް ޓަކައި ކުރާކަމެއްގެ ސަބަބުން، ނުވަތަ ބުނާ ބަހެއްގެ ސަބަބުން، އަނެކެއްގެ ހައްގަށް ނުވަތަ މިނިވަންކަމަށް ނުވަތަ އުފާވެރިކަމަށް ބުރޫ އަރާނަމަ، އެއީ ހަގީގީ މާނައިގާ މިނިވަންކަން މާނަކުރުން ކަމަށް ދެކިގެން ނުވާނެކަމަށެވެ.
އަދި ބައެއް މީހުން، ތިމާ ބޭނުންވާ ކޮންމެ ކަމެއް ކޮށް، ހިތަށްއެރި ކޮންމެ ވާކައެއް ދެއްކުމަކީ މިނިވަންކަން ކަމަށް މާނަކުރާކަން ފާހަގަކޮށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވަނީ، އެހެން ނަމަވެސް ތިމާގެ މިނިވަންކަމަށް ޓަކައި ކުރާކަމެއްގެ ސަބަބުން، ނުވަތަ ބުނާ ބަހެއްގެ ސަބަބުން، އަނެކެއްގެ ހައްގަށް ނުވަތަ މިނިވަންކަމަށް ނުވަތަ އުފާވެރިކަމަށް ބުރޫ އަރާނަމަ، އެއީ ހަގީގީ މާނައިގާ މިނިވަންކަން މާނަކުރުން ކަމަށް ދެކިގެން ނުވާނެ ކަމަށެވެ.




