
މައުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތަށް ނިންމާފައިވަނީ ކޮންގްރެސްގެ އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި ކޮމިޓީން ބޭއްވި ބައްދަލުވުމަކުންނެވެ.
ހަ މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމެޓީއަށް އެ ހުށަހެޅުން ހުށަހެޅީ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެ ކޮމިޓީގައި ހިމެނެނީ:
ކޮމެޓީގައި ހިމެނޭ ޝުޖާއު އާއި ސައުދާ ވެސް ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާއިރު، އެ ކޮމިޓީން އެފަދަ ނިންމުމެއް ނިންމީތީ ބައެއް މެންބަރުންގެ ހިތްހަމަ ނުޖެހުން އޮތް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އެހެންނަމަވެސް، ސިއްރު ވޯޓަކަށް ނުދާން ނިންމި ކޮމިޓީގެ ބައްދަލުވުމުގައި ސައުދާ އާއި ސުޖާއު ބައިވެރިވެވަޑައިގެންނެވިކަމެއް ނޭނގެއެވެ.
ސުޖާއު އާއި ސައުދާގެ އިތުރުން ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް ވާދަ ކުރައްވަނީ މެންބަރު އަސްމާ ރަޝީދު އާއި އޭނާގެ ދަރިކަލުން އަދި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް އާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.
ޕީއެންސީގެ ލީޑަރު އަދި ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން ޕީއެންސީގެ ވެރިކަމެއްގައި ޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. އެހެންކަމުން ދެން ހޮވާނީ ޕީއެންސީގެ ނައިބުރައީސުންނެވެ.




