
ފުލުހުން ބުނީ އެ އިދާރާއަށް ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭގުމުގެ ސަަބަބުން ހާޒިރުވުމަށް ޗިޓް ހަވާލު ނުކުރެވިގެން ހޯދަމުން ދަނީ ގއ. ކަނޑުހުޅުދޫ ނިއުޒިލް ޝިހާނު އަހްމަދު (27އ) އާއި ށ. ކޮމަންޑޫ ހިޔަލީގެ އިބްރާހިމް އަޒުހަދު (36އ) ކަމަށެވެ.
އަދި އެ ދެމީހުން ހޯދަނީ ފުލުހުންގެ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ އަމަލުތައް ހުއްޓުވުމާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ ޑިޕާޓްމަންޓުން ކަމަށާ، އެހެންކަމުން އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަމުންދާ ތަހުގީގު ކުރަމުންދާ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ 3:00 އަށް އަޒުހަދު އަދި، ނުވަވަނަ ދުވަހުގެ 9:00 އަށް ޝިހާނު، ސާޖަންޓު އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވުމަށް އަންގާ ކަމަށެވެ.




