
އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައި އޮތް އިންތިހާބު ކުއްލިގޮތަކަށް ފަސްކުރިކަން އެލްޖީއޭ އިން އިއުލާންކުރީ މިރޭ ނެރުނު ނޫސްބަޔާނަކުންނެވެ.
"2026 އޮގަސްޓް 8 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ވާހަކަ ދަންނަވަން،" އެލްޖީއޭއިން ބުނެފައި ވެއެވެ.
އެލްޖީއޭގެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ، "އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން" ކަމަށެވެ.
އެލްޖީއޭގެ ނޫސްބަޔާނުގައި ބުނީ އިންތިހާބު މުއްދަތެއް ނެތްގޮތަށް ފަސްކުރަން ނިންމީ އިންތިހާބާ ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުދެއެވެ.




