މާލެ ބޭރުގައި ދެ ކްރޫޒްލައިނާ ބަނދަރުކޮށްފައި.. ފޮޓޯ: މުޙައްމަދު އަފްރާޙް (އަފްރާ)
ކްރޫޒްތަކުން އައި ޓޫރިސްޓުންގެ އަދަދު ދެގުނަ އިތުރުވެއްޖެ
ހަސަން އިބްރާހީމް 7 އޯގަސްޓް 2026 (ހުކުރު)   11:52
މިއަހަރުގެ މިހާތަނަށް ކްރޫޒް ފަސިންޖަރުންގެ ގޮތުގައި ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދެ ގުނައަށް ވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން ކްރޫޒް ލައިނާތަކުން މި އަހަރުގެ މިހާތަނަށް 15،500 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗުއްޓީ ހޭދަކުރަން އައީ 8،000 ޓޫރިސްޓުންނެވެ. އެއީ ގާތްގަނޑަކަށް 87 ޕަސެންޓުގެ އިތުރުވުމެކެވެ.

މިއަހަރު ކްރޫޒްލައިނާތަކުން އެންމެ ގިނަ ޓޫރިސްޓުން އައީ ފެބްރުއަރީ މަހު އެވެ. އެ މަހު ވަނީ 5،000 އަށް ވުރެ ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރު އެ މަހު އައީ 600 އެއްހާ ޓޫރިސްޓުންނެވެ. ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ މާޗް މަހު އެވެ. އެ މަހު ވަނީ 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފަ އެވެ.

ކްރޫޒް ލައިނާތަކުން އައި ޓޫރިސްޓުން އިތުރުވި ނަމަވެސް، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުން މިދިޔަ އަހަރަށް ވުރެ ދަށެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރި އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ 4.5 ޕަސެންޓްގެ ދަށްވުމެކެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިއަހަރުގެ ޖެނުއަރީ، ފެބްރުއަރީ އަދި މެއި މަސް ފިޔަވައި ބާކީ ހުރިހާ މަހަކު ވެސް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށް ވުރެ ދަށެވެ.

ކޮމެންޓް