
ދިވެހިސަރުކާރުގެ ގެޒެޓްގައި ކޮށްފައިވާ އިއުލާނުތަކުގައި ހިމެނެނީ ފަޅު ހިއްކައިގެން ތަރައްގީ ކުރާ 10 ރިސޯޓާއި ދެ ފަޅު ރަށެއްގައި ތަރައްގީކުރާ ދެ ރިސޯޓުގެ އިތުރުން ހަލާލް ޓޫރިޒަމް މޮޑެލްގެ 3 ރިސޯޓެވެ.
ޓޫރިޒަމް މިނިސްޓްރީން ރިސޯޓު ތަރައްގީކުރަން އިއުލާންކުރީ ހއ، ހދ، ށ، ނ، ލ، އަދި އައްޑު އަތޮޅުގަ އެވެ. ހއ، ހދ، އަދި ށ އަތޮޅުގެ ފަޅުތަކެއް ހިއްކައިގެން ރިސޯޓު ތަރައްގީކުރަން ހުޅުވާލާފައިވާއިރު، ށ. އަތޮޅާއި ނ. އަތޮޅުން ކުއްޔަށް ދެނީ ފަޅުރަށް ތަކެކެވެ.
ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޭ ފަޅުތަކަކީ:
އެ ހުރިހާ ފަޅުތަކުން ވެސް ކުއްޔަށް ދޭން ނިންމާފައިވަނީ 200 ހެކްޓަރުގެ ސަރަހައްދެކެވެ. އަދި ތަރައްގީކުރަން ކަނޑައަޅާފައި ވަނީ، މަދުވެގެން 150 އެނދުގެ ރިސޯޓުތަކެވެ.
މި ފަޅުތަކުގެ ލީސް އެކިއުޒިޝަން ކޮސްޓް އުޅެނީ 1.5 މިލިޔަން ޑޮލަރާއި 2.1 މިލިޔަން ޑޮލަރާ ދެމެދުގައެވެ.
މިކަމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 18 ނޮވެމްބަރެވެ.
ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރާ ރަށްތަކަކީ:
ށ. ނަލަންދޫއަށް ބިޑު ކުރާ ފަރާތްތަކުގެ މާލީ ގާބިލުކަން 10 މިލިޔަން ޑޮލަރަށް ހުންނަން ޖެހޭއިރު، ނ. ފަރުމުލީގެ ލީސް އެކިއުޒިޝަން ކޮސްޓަކީ2.25 މިލިޔަން ޑޮލަރެވެ.
ށ. ނަލަންދޫގައި ރިސޯޓު ތަރައްގީކުރަން ޝައުގުވެރިވާ ނަމަ، އެކަމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 23 ނޮވެމްބަރެވެ. އަދި 17 ނޮވެމްބަރުގެ ކުރިން ފަރުމުލި ޕްރޮޖެކްޓަށް ބީލަން ހުށަހަޅަން ޖެހޭނެ އެވެ.
ހަލާލް ޓޫރިޒަމް މޮޑެލްއަށް ރިސޯޓު ތަރައްގީކުރުމަށް ހުޅުވާލާފައިވަނީ؛
މި ރިސޯޓްތައް ތަރައްގީ ކުރަންޖެހެނީ އިސްލާމީ އުސޫލުތަކަށް ފުރިހަމައަށް ތަބާވާ ގޮތަށެވެ. މީގެ ތެރޭގައި އޫރުމަހާއި ރާ ވިއްކުން މަނާކުރުމާއި، ހަލާލް ސެޓްފިކެޓް ލިބިފައިވާ ކާބޯތަކެތި ފޯރުކޮށްދިނުމާއި، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ވެލްނެސް ޚިދުމަތްތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށާއި ފަތުރުވެރިންނަށް ވަކިން ދެ މިސްކިތް ބިނާކުރަން ޖެހެއެވެ.
މި 15 ރިސޯޓް ތަރައްގީކުރަން 36 މަސްދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި، މި ހުރިހާ ތަނެއް ވެސް ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރުގެ މުއްދަތަށްކަން ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.
އިއުލާނުގައިވާގޮތުން ބީލަން ހުށަހަޅާ ފަރާތްތަކަށް ޚާއްސަ އިނާޔަތްތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އާންމު ރިސޯޓުތަކަށް އިމްޕޯޓް ކުރާ ތަކެތީގެ ޑިއުޓީން %15 އިނާޔަތް ލިބޭއިރު، ހަލާލް ޓޫރިޒަމަށް ތަރައްގީކުރާ ރިސޯޓްތަކަށް އިމްޕޯޓްކުރާ ތަކެތިން %20 ގެ އިނާޔަތް ލިބޭނެއެވެ.
ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ ނޮވެމްބަރު 17 އިން 23 އާ ދެމެދުގެ ތާރީޚުތައް ކަނޑައަޅާފައިވާއިރު، ޝައުގުވެރިވާ ފަރާތްތަކަށް ޕްރީ-ބިޑް މީޓިންތައް ސެޕްޓެމްބަރު އަދި އޮކްޓޫބަރު މަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.




