
އެ ކޮމިޝަނުގެ ރަސްމީ ލިޔެކިޔުމުން އެނގޭ ގޮތުގައި ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮންޓްރޯލް ކޮމިޝަންގެ މެންބަރުންނަށް އެލައިޑް އިންޝުއަރެންސް އިން ހެލްތު އިންޝުއަރެންސް ޕެކޭޖެއް ނެގީ މިދިޔަ ޖުލައި މަހު އެވެ. އެއީ ދައުލަތުން ހަރަދުކުރާ ގޮތަށް ކޮންމެ މެންބަރަކަށް އަހަރަކު 52،468ރ. ގެ މަގުން ނަގާފައިވާ ޕެކޭޖެކެވެ.
އެ ހެލްތު އިންޝުއަރެންސް ޕެކޭޖްގެ ދަށުން ކޮމިޝަނުގެ މެންބަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން ޑޮކްޓަރަށް ދެއްކުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެ އެވެ.
މީޑިއާ ކޮމިޝަނުގެ މެންބަރުންނަށް އާސަންދައިގެ އިތުރުން ހެލްތު އިންޝުއަރެންސަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މީޑިއާ ކޮމިޝަނުގައި ހިމެނެނީ ރައީސް މުހައްމަދު ފަރުޝަތު، ނައިބުރައީސް ޒައްމަތު އަހްމަދު ވަހީދު، މެންބަރު ސިމާހާ ނަސީމް، މެންބަރު އަބްދުލް އަޒީޒް އިބްރާހިމް، މެންބަރު ހުސައިން ސަގީފް، މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އަދި މެންބަރު ސަފާ ޝަފީގް އެވެ.
މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ބަދަލުގައި، މީޑިއާ ކޮމިޝަނެއް ސަރުކާރުން އުފެއްދީ ޚަރަދު ބޮޑުވާ ކަމަށް ބުނެއެވެ. މިއަހަރަށް ލަފާކުރި ބަޖެޓްގައި މީޑިއާ ކޮމިޝަނަށް ކަނޑައަޅާފައިވަނީ 16.32 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ.




