
އެގޮތުން:
މި ފައިސާ ދެއްކުމުގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 19 ޑިސެމްބަރެވެ.
މިއަހަރަށް އަގުތައް އާންމުކުރިއިރު، އެންމެ ފަހުގެ މުޅި ރޯދަ މަހުގެ އުމްރާގެ އަގަކީ 48،965ރ. އެވެ. އެހެންކަމުން މިފަހަރު އެއީ 7،000ރ.ގެ އިތުރުވުމެކެވެ.
އަދި ފަހު 15ގެ އުމްރާއަށް މީގެ ކުރިން ނެގީ 45،965ރ. އެވެ. މިފަހަރު ނަގަން އިއުލާންކޮށްފައި އެވަނީ 5000ރ. ބޮޑުކޮށެވެ.
އެންމެފަހުގެ އުމްރާގެ އަގުތަކާއި މިފަހަރު އާންމުކުރި އަގުތައް.-- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މިދިޔަމަހު ހަވާލުވެވަޑައިގަތް މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވެފައިވާ ގޮތުގައި ކޮންމެ އަހަރަކު ވެސް އުމްރާއަށް މީހުން ގެންދާ އަގަށް ބަދަލު އާދެއެވެ. އޭނާ ވިދާޅުވެފައިވާގޮތުގައި އަގަށް ބަދަލު އައުން ގުޅިފައި ވަނީ މައްކާ އާއި މަދީނާގެ ހޮޓާތަކުގެ އަގާ އެވެ.
"ހޮޓާތަކުގެ އަގު ކުރިއަށް ވުރެ މި ފަހަރު ބޮޑު. އެހެންވީމާ އުމްރާގެ އަގުވެސް ބޮޑުވީ،" މީޑިއާއަށް ދެއްވި މައުލޫމާތުގައި ފިރުޒުލް ވިދާޅުވެފައި ވެއެވެ.
ފިރުޒުލް ވިދާޅުވެފައިވާ ގޮތުގައި އެހެން ގުރޫޕުތަކުން ވެސް ނަގާ އަގު މި ފަހަރު ބޮޑުވާނެ އެވެ.




