
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަންކުރީ މިއަދު ކަމަށެވެ.
ފިރުޒުލް އެ މަގާމަށް އައްޔަން ކޮށްފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝަކީލް އެމަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރުމަށް މަޖިލީހަށް ނަން ފޮނުވުމުން، ކޮމިޝަނު މެންބަރުކަމަށް އޭނާ އައްޔަނުކުރުމަށް ފާސްކުރުމުންނެވެ. އިއްޔެ އޭނާ ވަނީ އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރައްވައިފަ އެވެ.
ފިރުޒުލް އެންމެ ފަހުން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގަ އެވެ. ދ.ކުޑަހުވަދު އަށް ނިސްބަތްވާ ފިރުޒުލް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނު ވެސް މެއެވެ. އަދި ޕީއެންސީގެ ތަރުޖަމާނުކަން ވެސް އޭނާ ކުރެއްވި އެވެ.




