މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނެއް - ފޮޓޯ: ސިޓީ ކައުންސިލް
ކާބޯތަކެތި ވިއްކާ ތަންތަނުގައި ކައުންސިލް ހުއްދަ އޮތްތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި
ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަން - މާލެ ސިޓީ ކައުންސިލް
މަރްޔަމް މުޙައްމަދު 20 އޯގަސްޓް 2026 (ބުރާސްފަތި)   15:25
ވެރިކަންކުރާ މާލެ ސިޓީގައި ހިންގަމުންދާ ކާބޯތަކެތި ވިއްކާ ތަންތަނުގައި މާލެ ސިޓީ ކައުންސިލުން ދޫކުރާ "އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ" އޮތްތޯ ބެލުމަށް އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

މާލެސިޓީ ކައުންސިލުން ބުނީ، މި އިންސްޕެކްޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ ފަރާތުން ކަމަށާ، މި އިންސްޕެކްޝަންގެ ދަށުން މާލޭގެ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ޕޮއިންޓްތައް ވެސް ބަލައި ފާސްކޮށްފައި ވާނެކަމަށެވެ.

އެގޮތުން ކާބޯތަކެތި ވިއްކާ 20 އައުޓްލެޓް މިހާތަނަށް ބަލައި ފާސްކޮށްފައިވާނެ ކަމަށާ، މި އިންސްޕެކްޝަންގެ ތެރެއިން ވިޔަފާރިކުރާ ތަންތަނުގެ ހުއްދަތަކުގެ އިތުރުން، އެ ތަންތަނުގެ ދުންހޮޅިތަކުގެ މައްސަލަތަކާއި ތަނުގެ އާންމު ސާފުތާހިރުކަން ހުރި މިންވަރު ވެސް ވަނީ ޗެކްކޮށްފައި ކަމަށް ސިޓީކަލައުންސިލުން ބުނެއެވެ.

އަދި އެ ތަންތަނުން ކުނި މެނޭޖްކުރާ ގޮތްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާ ސުވާލުކޮށް، ސާފުތާހިރުކަމާއި ރައްކާތެރިކަމުގެ ގޮތުން ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް އަންގާފައި ވާނެކަމަށާ، އިމާރާތް ވަކިކަމަށް ބޭނުންކުރުމުގެ ހުއްދަ ނުނަގައި މާލެ އަދި ވިލިމާލޭގެ އެއްވެސް އިމާރާތެއްގައި ވިޔަފާރި ކުރުމަކީ ގަވާއިދާ ހިލާފު މަނާ ކަމެއްކަމަށް ވެސް ސިޓީކަލައުންސިލުން ބުނެއެވެ.

އެހެންކަމުން، ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް ގަވާއިދާ އެއްގޮތަށް ނަގަންޖެހޭ އެންމެހައި ހުއްދަތައް ފުރިހަމަކޮށްގެން ވިޔަފާރި ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާކަމަށް ވެސް މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ މީޑިއާގައިބުނެފައެވެ.

ކޮމެންޓް