ހުޅުމާޅޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން.-- ފޮޓޯ: ވޮއިސް
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުއްޖަކު ވެންޓިލޭޓަރުގައި
ފިޔެސް 30 އޯގަސްޓް 2026 (އާދީއްތަ)   07:32
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ރޭ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2، ވިނަރެސް 7 ކައިރީގައި ކަމަށެވެ. އަނިޔާވީ ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ކަމަށް ފުލުހުން ބުނެ އެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށާއި އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. 

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ސައިކަލު އެކްސިޑެންޓުވީ ކާރެއްގައި ޖެހިގެންނެވެ. ސައިކަލު ދުއްވަން އިން މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު (ޖަނަވަރީ އިން ޖޫން އަށް) މާލެ އާއި ބްރިޖު ހައިވޭގައި އެކަނިވެސް 1،355 އެކްސިޑެންޓް ވަނީ ރެކޯޑުކުރެވިފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.

ކޮމެންޓް