ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް.--
ފައިސަލްއަށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް އާއިލާއިން ބަޔާނެއް ނެރެފި
ފިޔެސް 25 ސެޕްޓެމްބަރ 2026 (ހުކުރު)   06:27
ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްއަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ތުހުމަތުތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ.

ފައިސަލްގެ އެއްބަނޑު އެއްބަފާ 10 މީހުން ސޮއިކޮށް ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސޯޝަލް މީޑިއާގައި އޭނާއަށް ކޮށްފައިވާ ތުހުމަތުތަކަކީ "ކަނޑައެޅިގެން ދޮގު" ކަމަށެވެ.

އޭގެ އިތުރުން، 2023 ވަނަ އަހަރު ފައިސަލްގެ މަންމަ އާއި އެއްބަނޑު އެއްބަފާ އިތުރު ތިން މީހަކު ރައީސް އޮފީހުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ނިޔަތުގައި، ފައިސަލްގެ އަގު ވައްޓާލުމުގެ ބޭނުމުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތައް، މުޅި އާއިލާގެ ފަރާތުން ކުށްވެރިކުރާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

މި ނޫސް ބަޔާނުގައި ސޮއިކޮށްފައިވާ ފައިސަލްގެ އާއިލާ މެންބަރުންނަކީ:

  1. ތޯހާ ނަސީމް
  2. ބަދޫރާ ނަސީމް
  3. ހައިދަރު ނަސީމް
  4. ގައިސަރު ނަސީމް
  5. ސަފޫރާ ނަސީމް
  6. ޝަޒުރާ ނަސީމް
  7. އަޒުރާ ނަސީމް
  8. އަސްރާ ނަސީމް
  9. ނަޒުރާ ނަސީމް
  10. ޚައިބަރު ނަސީމް


ފައިސަލްއާ ގުޅޭގޮތުން މިފަދަ ވާހަކަތައް ފެތުރެން ފެށުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އޭނާ ވާދަކުރައްވަން އުޅޭ ކަމުގެ އަޑުތައް ގަދަވާން ފަށާފައި ވަނިކޮށެވެ.

ކޮމެންޓް
ފާތުން ޝަރީފް
2 weeks ago
ފައިސަލް ނަސީމް އަކީ ބެސްޓް ކެންޑިޑޭޓް. އެކަމަކު ފަހު ގަޑީ ނަޝީދު ނުކުންނާނެ ކަމަށް ރަށުތެރޭ ކިޔާއަޑު އިވޭ. އެކަމަކު ނަޝީދު ނުކުމެއްޖެނަމަ އެމްޑީޕީއަށް 28 ގެއްލޭނެ. އާމީހަކު މުހިންމު. އަދި އެމީހަކު ފައިސަލް ކަމަށް ވެއްޖެނަމަ އެމްޑީޕީ ނޫން ގިނަ ބައެއްގެވެސް ތާއީދު ލިބޭނެ.
ހަމްދާން
2 weeks ago
ފައިސަލް އަކީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓް. ފައިސަލް އާޒިމް 2028 ކާމިޔާބު ކޮށް މުޅި ރާއްޖެއަށް ތަރައްގީ ގެނެސްދޭނެ. އިންޝާﷲ